ޑިމޮކްރަސީއަކީ ވަކި ފަރުދެއް ނޫން ކަމަށާއި އެއީ އުސޫލުތަކެއް ކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (އިބުރޭ) ވިދާޅުވެއްޖެއެވެ.
އިބުރޭ މިމޭރުމުން ވިދާޅުވެފައިވާއިރު ވެރިކަންކުރާ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަން އުފެދި “ފިކުރެއްގެ ދިރުމުގެ” ނަމުގައި ރައީސް ނަޝީދުވަނީ ސިޔާސީ މަސައްކަތްތަކެއް ފާޅުގައި ފަށްޓަވާފައެވެ.
އެކަމާ ގުޅިގެން އިބުރޭ މިއަދު ވިދާޅުވީ ޑިމޮކްރަސީ އަކީ ވަކިބަޔަކަށް ނޫނީ ފަރުދަކަށް ކިޔާނަމެއް ނޫން ކަމަށާއި އެއީ ކަނޑައެޅިފައިވާ އުސޫލުތަކެއް ކަމަށެވެ. އެގޮތުން ޑިމޮކްރަސީގައި އޮންނަނީ މެޖޯރިޓީއަށް ތަބާވުމާއި މައިނޮރިޓީއަށް އިޙްތިރާމް ކުރުން ކަމަށް އިބުރޭ ވިދާޅުވިއެވެ.
“ޑިމޮކްރަސީ އަކީ ވަކިބަޔަކަށް ނޫނީ ފަރުދަކަށް ކިޔާނަމެއް ނޫން، އެބައެއް ނުވަތަ ޤައުމެއްގެ ކަންކަމާމަތިކޮށްފައިވާ ފަރާތް ތަކުން އަމަލްކުރާ އުސޫލްތަކަށް ކިޔާނަމެކެވެ،“ އިބުރޭ ވިދާޅުވެފައިވެއެވެ.
ޑިމޮކްރަސީ އަކީ މެޖޯރިޓީއަށް ތަބާވުންކަމަށް އިބުރޭ ވިދާޅުވެފައި ވާއިރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރިމަތިވީ ނާކާމިޔާބަށްފަހު ރައީސް ނަޝީދު ވަނީ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާޢީދު ކުރުމާމެދު ގޮތެއް ނިންމަވާނީ ފަހުންކަމަށް ވިދާޅުވެފައެވެ.
އެމްޑީޕީން މިހާރު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީން އެހެން ޕާޓީތަކާއިއެކު ކޯލިޝަން ހެދުމުގެ ބާރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ދިނުމަށް ފާސްކޮށްފައެވެ. އަދި އެމަނިކުފާނަށް ރިޔާސީ ޓިކެޓް ޙަވާލުކުރުމަށް ބޮޑު ޖަލްސާއެއް ބޭއްވުމަށް އެމްޑީޕީން ދަނީ ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު