މިދައުރު ނިމިގެން މިދަނީ ސަރުކާރުގެ ސިޔާސަތު ނުހިންގިކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ މައިޕާޓީ އެމްޑީޕީގެ ރައީސް ނަޝީދު ފެކްޝަނަށް ތާޢީދު ކުރަށްވާ ވައްޑެ މިއަދު ވިދާޅުވީ މިދައުރު ނިމިގެން މިދަނީ ވެރިކަމަށް އައުމަށް މިސަރުކާރުން އެކުލަވާލި ޙަޤީޤީ ސިޔާސަތުތައް ތަންފީޒު ނުކުރެވި ކަމަށެވެ.
ވައްޑެ ވިދާޅުވީ ރައީސް ޞާލިޙްގެ ވަޒީރުންގެ މަޖިލީހުގެ ބައެއް ބޭފުޅުންގެ ފަރާތުން ފެންނަނީ އަމިއްލަ އެޖެންޑާއެއް ޙާސިލުކުރަށްވަން އުޅުއްވާ މަންޒަރު ކަމަށެވެ. އަދި އެފަދަ ފަރާތްތައް ޒިންމާދާރު ކުރުވުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރެވޭ މަންޒަރުވެސް ނުފެންނަކަމަށް ވައްޑެ ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުގެތެރޭގައި އެތައް ސަރުކާރެއް ހިނގާން ދޫކޮށްލެވިފައިވާކަމަށް ވައްޑެ ވަނީ ތުހުމަތު ކުރަށްވާފައެވެ.
ވައްޑެ ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އޮތް ރައްޔިތުން މަޖިލިސް ވަނީ “ރައީސުލްޖުމްހޫރިއްޔާގެ މަޖިލިހަކަށް” ހައްދަވާފައި ކަމަށެވެ. އެގޮތުން މަޖިލިސް ކޮމިޓީތައް މިނިސްޓްރީތަކުގެ ބިއުރޯތަކަކަށް ހަދާފައިވާ ކަމަށް ވައްޑެ ވިދާޅުވިއެވެ.
“މިއީ އެމްޑީޕީން ބަޔާންކުރަމުން އައި ހެޔޮވެރިކަމާ ދިމާ އިދިކޮޅެވެ.” ސަރުކާރު ހިނގަމުންދާގޮތަށް ފާޑުވިދާޅުވަމުން ވައްޑެ ވިދާޅުވިއެވެ.
އެމްޑީޕީ އުފެދުނީ ވަކި މަޤްސަދުތަކެއް ޙާސިލުކުރުމަށް ކަމަށާއި ނަމަވެސް މިއަދު ފެންނަނީ އެ މަޤްސަދުތަކާއި އެންމެ ދެކޮޅު ހެދި މީހުން ގެނެސް ރައީސްގެ އެންމެ އަރިހުގައި ގެންގުޅުއްވާ މަންޒަރުކަމަށް ވައްޑެ ވިދާޅުވިއެވެ.
“މިހާރު އެކުޅުއްވަނީ “އެމްޑީޕީއާ އިދިކޮޅު” މީހުންގެ އެޖެންޓެއްގެ ރޯލެވެ.” ވައްޑެ ވިދާޅުވެފައިވެއެވެ.
އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަން އުފެދި ރައީސް ނަޝީދު ގެންދަވަނީ “ފިކުރެއްގެ ދިރުމުގެ” ނަމުގައި ޕާޓީގެ ތެރޭގައި ވަކި ސިޔާސީ ޙަރަކާތެއް ހިންގަވަމުންނެވެ. ވައްޑެއަކީ ރައީސް ނަޝީދަށް ތާޢީދު ކުރަށްވައި އެ މަސައްކަތުގައި އިސްކޮށް އުޅުއްވާ މެމްބަރެކެވެ.
ރައީސް ނަޝީދުގެ ފެކްޝަނުން ހާމަކޮށްފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް ޞާލިޙަށް ތާޢީދު ކުރުމާމެދު އެ ފެކްޝަނުން މިހާތަނަށް ވަކިގޮތެއް ނިންމާފައިނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު