ރައީސް ޔާމީންގެ ސަޕޯޓަރުންގެ ވޯޓު ހޯއްދެވުމަށް ކާނަލް ނާޒިމް ބޭނުންފުޅުވާނަމަ އެމަނިކުފާނު ހުންނެވި ދިމާލެއް ސާފުކޮށް އެނގެންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު (ޓޮމް) ވިދާޅުވެއްޖެއެވެ.
ޓޮމް މިމޭރުމުން ވިދާޅުވީ ކުރީގެ ރައީސް ޔާމީން ޖަލުގައި އޮވެގެން ނުވާނެ ކަމަށާއި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އެމަނިކުފާނަށް ފުރުސަތު އޮންނަން ވާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވުމާގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
ކާނަލް ނާޒިމަށް ރައްދު ދެއްވަމުން ޓޮމް ވިދާޅުވީ ރައީސް ޔާމިންގެ ސަޕޯޓަރުންގެ ވޯޓް ލިބޭނެކަމަށް އެފަދަ ވާހަކަފުޅެއް ކާނަލް ނާޒިމް ވިދާޅުވުމަކީ ހިތާމަކުރަށްވާ ކަމެއް ކަމަށެވެ. އޭގެ އިތުރުން ރައީސް ޔާމިން ކުރަށްވަނީ ރާއްޖެ މިނިވަންކުރުމުގެ ޖިހާދުކަމަށްވެސް ޓޮމް ވިދާޅުވިއެވެ.
“އިންޑިޔާ ސިފައިން މިހާރުން މިހާރަށް ފައިބަން ގޮވާލަބަލާށެވެ. ތިހުރި ދިމާލެއް ސާފުވާނީ އޭރުންނެވެ.” ޓޮމް ވިދާޅުވެފައިވެއެވެ.
ރައީސް ޔާމިންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި ނާޒިމް ރޭ ވިދާޅުވީ ވެރިކަން ކުރާ މީހުން ޖަލަށްލުމުގެ ސަޤާފަތާ ދުރަށްދާންޖެހޭ ކަމަށެވެ. މީހަކު ޖަލަށްލުމުން އެމީހެއްގެ އާއިލާއަށް ހިތްދަތިކަން އިހުސާސްކުރަންޖެހޭ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލާގައި ގިނަ ބަޔަކު ޝާމިލުވާ ކަމަށާއި ނަމަވެސް އެކަމުގައި އަދަބު ލިބެމުންދަނީ ހަމައެކަނި ޔާމީނަށް ކަމަށެވެ. އަދި އެއީ އެކަން ވެގެން ވާނެ ގޮތެއް ނޫން ކަމަށާއި ރާއްޖޭގައި އެންމެންގެ މައްޗަށް ވެސް ކަންކަން ކުރެވިގެންދާން ވާނީ ހަމަހަމަކަމާއި އިންސާފުން ކަމަށް ނާޒިމް ވިދާޅުވި އެވެ.
ކާނަލް ނާޒިމް މިމޭރުމުން ވިދާޅުވެފައިވާއިރު އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގައި ހިމެނޭ ވ. އާރަށުގެ މައްސަލާގައި މަނީ ލޯންޑްރިންއާއި ރިޝްވަތުގެ ކުށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާކޮށްފައެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ކާނަލް ނާޒިމް ދިރިއުޅުއްވި ގެއިން ހަތިޔާރު ފެނުނު މައްސަލައިގައި އޭނާގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ 2015 ވަނަ އަހަރުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު