އަސްލަމް އަށް މިނިސްޓަރު ކަމުގެ ފަތްކޮޅު ރައީސް ހަވާލުކޮށްދެއްވަނީ
އަސްލަމް އަށް މިނިސްޓަރު ކަމުގެ ފަތްކޮޅު ރައީސް ހަވާލުކޮށްދެއްވަނީ
ޕްލޭނިން މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ އެއްކޮށްލައިގެން އުފައްދާފައިވާ އާ މިނިސްޓްރީގެ މިނިސްޓަރުގެ މަގާމަށް އައްޔަންކުރި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމަށް ރުހުން ދިނުމަށް އެ މައްސަލަ ދިރާސާ ކުރަން ފޮނުވާފައިވާ ރައްޔިތުންގެ މަޖިލީހުގެ "ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީ" އިން ފާސްކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ މިނިސްޓަރުގެ މަގާމަށް އައްޔަން ކުރި އަސްލަމަށް ރުހުން ދިނުމަށް ނިއްމާފައިވަނީ މަޖިލީހުގައި އޮންނަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުންނެވެ. އާ މިނިސްޓްރީގެ މެންޑޭޓް ވެސް ކޮމިޓީން މިހާރު ވަނީ ދިރާސާކުރަން ފަށާފައެވެ.

މިނިސްޓަރު އަސްލަމަށް މަޖިލީހުން ރުހުން ދިނުމަށް ތަޅުމަށް ގެންދަން ކޮމިޓީން ފާސްކުރިއިރު، ގާނޫނު އަސާސީގައި ބުނެފައިވަނީ ވަޒީރުންގެ މަޖީލިހަށް ނުވަތަ ސަރުކާރުގެ ކެބިނެޓްގައި ހިމެނޭ މިނިސްޓްރީއަކަށް މިނިސްޓަރަކު އައްޔަން ކުރުމަށް ފަހު، ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވަން ޖެހޭނެ ކަމަށެވެ. މިނިސްޓަރު އަސްލަމަށް ރުހުން ދިނުމަށް ކޮމިޓީން ފާސްކުރިއިރު، ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށް ތަޅުމުގައި ބަހުސެއް ކުރިއަށް ގެންދާނެއެވެ. މިނިސްޓަރަށް ރުހުން ދިނުމަށް ފާސްވާނީ އެ ބަހުސަށް ފަހު ތަޅުމުގައި ނަގާ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެންނެވެ.

ހައުސިން މިނިސްޓަރ އައިމިނަތު އާތިފާ މަގާމުން އިސްތިއުފާ ދެއްވުމުން ހައުސިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ ރައީސް ސޯލިހް ވަނީ އެއްކޮށްލައްވާފައެވެ. އެމްއާރުއެމްގެ ސްލޮޓެއްގައި އެ މަގާމަށް އައްޔަން ކުރެއްވި އާތިފާ، އިސްތިއުފާ ދެއްވީ އަލާސްކަންފުޅާ އުޅުއްވާތީ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރެއްވެން ނެތް ކަމަށް ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން