ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ  (އަދުރޭ)
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)
އުސޫލުން ބޭރުން މި ސަރުކާރުން ވަކިކުރާ ފުލުހުންނަށް އިދިކޮޅުގެ ވެރިކަމެއްގައި ވަޒީފާ ލިބޭނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.

އަދުރޭ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުސޫލުން ބޭރުން މި ސަރުކާރުން ވަޒީފާ އިން ވަކިކުރާ ކޮންމެ ފުލުހަކަށް ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި ވަޒީފާ ކަށަވަރުކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ.

އަދުރޭ މިހެން ވިދާޅުވެފައިމިވަނީ ފުލުހުންގެ މުއައްސަސާ ރިފޯމް ކުރުމުގެ ބޭނުމުގައި ފުލުހުންގެ ހިދުމަތުގެ ބިލުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައި އެވިލުގެ ބަހުސްގައި ފުލުހުންނަށް ގިނަ ތުހުމަތު ތަކެއްކޮށް ފުލުހުންނާއި ގުޅުންހުރި ކުރީގެ ބައެއް މައްސަލަތައް ބަލަން ފަށާފަައިވަނިކޮށެވެ. ސަރުކާރުން އަލަށް ހުށައެޅި ފުލުހުންގެ ޚިދުމަތުގެ ބިލުގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ބޮޑެތި ބާރުތަކެއް ލިބޭ ބާބެއް ހިމަނާފައިވާތީ އިދިކޮޅު ފަރާތްތަކުން ވަނީ އެކަމުގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން އެ ބިލުގައި މިހާރު އޮތް ގޮތުން ފުލުހުންގެ ހިދުމަތަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ހޯމް މިނިސްޓަރަށާއި ޕޮލިސް ކޮމިޝަނަރަށް އެންގުމުގެ ބާރު ކޮމިޓީ އަށް ލިބިދީފައިވެއެވެ. މީގެ ސަބަބުން ފުލުހުންގެ މުއައްސަސާގެ ތެރެއަށް ސިޔާސީ ނުފޫޒު ވަނުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮންނާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ.

މި މަހުގެ 16 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ބިލު މަޖިލީހަށް ބަލައިގަނެ، ބިލު އިތުރަށް ދިރާސާކުރުމަށް ވަނީ މަޖިލީހުގެ 241 ކޮމިޓީއަށް ފޮނުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން