ވެރިކަމުގައި ހުންނެވިއިރު ތެލެސީމިއާ ކުދިންނަށް ޒިޔާރަތް ނުކުރައްވާ އަދި އެކުދިންގެ އަޑު އައްސާފައި ނުވާކަމަށްބުނެ ރައީސް މުޙައްމަދު ނަޝީދު ބުރާސްފަތި ދުވަހު އެސެންޓަރަށް ޒިޔާރަތް ކުރެއްވުމުން ތެލެސީމިޔާ ޒުވާނެއްގެ އެތައް ދުވަހެއްވީ ހިތްދަތި އުދާސްތައް ސޯޝަލް މީޑިއާގައި ބަންޑުންކޮށްލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދާއި މަޖިލީހުގެ ބައެއް މެމްބަރުން މިދިޔަ ބުރާސްފަތި ދުވަހު ތެލަސީމިއާ ސެންޓަރަށް ޒިޔާރަތް ކުރައްވައި، އެތަނުގެ މަސައްކަތްތައް ވަނީ ބައްލަވާލައްވާފައެވެ. އެކަމަށް އިޝާރާތް ކުރައްވައި ތެލަސީމިއާ ޒުވާނަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ތެލަސީމިއާ ސެންޓަރަށް ރައީސް ނަޝީދު ޒިޔާރަތް ކުރެއްވި ކުރެއްވުން ހެޔޮ ހިތުން ބަލައިގަންނަ ކަމަށެވެ.
އެކަމަކު ރައީސް ނަޝީދަށް ފެނިވަޑައިގަތީ އެތަނުގެ އަސްލު ހާލަތު ނޫން ކަމަށާއި ނަޝީދު އެތަނަށް ވަޑައިގަންނަވަން ވާއިރަށް އެތަނުގެ އިސް ވެރިން ކަންކަން ފޮރުވަން މަސައްކަތްކޮށް އަސްލު ހާލަތު ނުފެންނަ ގޮތަށް މަތި އޮމާންކޮށްފައިވާ ކަމަށް އެ ޒުވާނާ ކުރި ޓުވީޓްގައި ބުނެފައިވެއެވެ. އެ ޒުވާނާ ބުނީ ތެލަސީމިއާ ކުދިންގެ ކަންބޮޑުވުންތައް ހިއްސާކުރަން ބައްދަލު ނުކުރެވޭ ހަމައެކަނި ރައީސަކީ ނަޝީދު ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ބިލް މަޖިލީހުން ފާސްކުރުމުން އެ ބިލް ތަސްދީގު ނުކުރައްވައި، އަނބުރާ ފޮނުއްވާލެއްވުމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުންތައް ހިއްސާކޮށް، އޭރު ފޮނުވި އެތައް ސިޓީއެއްގެ ޖަވާބު ނުލިބި އޮތުމުން އެ ޒުވާނާ ވަނީ ޝަކުވާ ކޮށްފައެވެ.
ބުރާސްފަތި ދުވަހު ރައީސް ނަޝީދު ތެލެސީމިއާ ސެންޓަރަށް ޒިޔާރަތް ކުރެއްވި ނަމަވެސް ތެލެސީމިއާ ކުދިންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް އަޑުއައްސަވާލައްވަން މަޑުކޮށް ނުލެއްވުނުކަން ފާހަގަ ކުރައްވައި އެކުދިންގެ އެކުވެރިޔާ އަދި މަޖިލީހުގެ ރައީސް، ރައީސާއި އެކުދިންނާއި ދެމެދަށް ހުރަހަކަށްވެ ވަޑައިގެންނެވީ މެންބަރު އީސަ ކަމަށް ވެސް އެޒުވާނާ ބުނެފައި ވެއެވެ.
"އަހަރުމެންނަށް ޒިޔާރަތް ކުރައްވަންވީ މަނިކުފާނު ރާއްޖޭގެ ރައީސްގެ މަގާމުގައި ހުންނެވި އިރު. އަހަރުމެން މަސައްކަތް ކުރިން. އެކަމަކު އޭރު މަނިކުފާނަށް ވަގުތު ނުވީ." އެ ޒުވާނާގެ ޓުވީޓްގައި ބުނެފައިވެއެވެ.
އެ ކަންބޮޑުވުންތަކަކީ ސިޔާސީ ކަމެއްގެ ގޮތުގައި ނުހެދުމަށް އޭނާ ވަނީ އެދިފައެވެ. އޭނާ އެ ކަންބޮޑުވުންތައް ހިއްސާކުރީ އެއްވެސް ސަރުކާރަކުން ތެލަސީމިއާ ކުދިންގެ ޝަކުވާތަކަށް އެކަށީގެންވާ މިންވަރަށް މަސައްކަތް ކޮށްފައި ނުވާތީ ކަމަށް ވެސް ބުނެފައިވެއެވެ.
ތެލަސީމިޔާ ކުދިންގެ ހުރި ކަންބޮޑުވުންތައް އެއްސެވުމަށް ވަރަށް އަވަހަށް ބައްދަލުވުމެއް ބާއްވާނެ ކަމުގެ ޔަގީން ކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވަނީ ދެއްވާފައެވެ.
ނަޝީދުގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުގެ މެޖޯރިޓީ އޮތް މަޖިލިހުން ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ބިލް ފާސްކުރި ނަމަވެސް، އެމަނިކުފާނު އެ ބިލް ތަސްދީގު ކުރައްވާފައެއް ނުވެއެވެ. އެމަނިކުފާނު އެބިލް އަނބުރާ ފޮނުވާލެއްވީ އޭރު ތެލަސީމިއާ ސެންޓަރު މާލޭ ހެލްތު ސާވިސް ކޯޕަރޭޝަންގެ ދަށުން ހިިނގަމުން ދަނިކޮށް އެހެން ނަމެއްގައި އެ ގާނޫނުގެ ދަށުން ސެންޓަރެއް ނުއުފެއްދޭނެ ކަމަށް ވިދާޅުވުމަށްފަހުއެވެ. ފަހުން އެ ބިލް ތަސްދީގު ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި އެމަނިކުފާނެވެ.

5. Today we were very hopeful and excited to be able to meet you at @MBS_mv. We were waiting for you to approach us and ask us our concerns. But you were in a hurry to leave. We tried our best to get a hold of you, but sadly MP Easa swooped between our friend and Mr. Speaker. pic.twitter.com/nwyQFDMpY5
— Neocytis (@Neocytis) June 25, 2020
އެކަމަކު ރައީސް ނަޝީދަށް ފެނިވަޑައިގަތީ އެތަނުގެ އަސްލު ހާލަތު ނޫން ކަމަށާއި ނަޝީދު އެތަނަށް ވަޑައިގަންނަވަން ވާއިރަށް އެތަނުގެ އިސް ވެރިން ކަންކަން ފޮރުވަން މަސައްކަތްކޮށް އަސްލު ހާލަތު ނުފެންނަ ގޮތަށް މަތި އޮމާންކޮށްފައިވާ ކަމަށް އެ ޒުވާނާ ކުރި ޓުވީޓްގައި ބުނެފައިވެއެވެ. އެ ޒުވާނާ ބުނީ ތެލަސީމިއާ ކުދިންގެ ކަންބޮޑުވުންތައް ހިއްސާކުރަން ބައްދަލު ނުކުރެވޭ ހަމައެކަނި ރައީސަކީ ނަޝީދު ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ބިލް މަޖިލީހުން ފާސްކުރުމުން އެ ބިލް ތަސްދީގު ނުކުރައްވައި، އަނބުރާ ފޮނުއްވާލެއްވުމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުންތައް ހިއްސާކޮށް، އޭރު ފޮނުވި އެތައް ސިޓީއެއްގެ ޖަވާބު ނުލިބި އޮތުމުން އެ ޒުވާނާ ވަނީ ޝަކުވާ ކޮށްފައެވެ.
ބުރާސްފަތި ދުވަހު ރައީސް ނަޝީދު ތެލެސީމިއާ ސެންޓަރަށް ޒިޔާރަތް ކުރެއްވި ނަމަވެސް ތެލެސީމިއާ ކުދިންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް އަޑުއައްސަވާލައްވަން މަޑުކޮށް ނުލެއްވުނުކަން ފާހަގަ ކުރައްވައި އެކުދިންގެ އެކުވެރިޔާ އަދި މަޖިލީހުގެ ރައީސް، ރައީސާއި އެކުދިންނާއި ދެމެދަށް ހުރަހަކަށްވެ ވަޑައިގެންނެވީ މެންބަރު އީސަ ކަމަށް ވެސް އެޒުވާނާ ބުނެފައި ވެއެވެ.
"އަހަރުމެންނަށް ޒިޔާރަތް ކުރައްވަންވީ މަނިކުފާނު ރާއްޖޭގެ ރައީސްގެ މަގާމުގައި ހުންނެވި އިރު. އަހަރުމެން މަސައްކަތް ކުރިން. އެކަމަކު އޭރު މަނިކުފާނަށް ވަގުތު ނުވީ." އެ ޒުވާނާގެ ޓުވީޓްގައި ބުނެފައިވެއެވެ.
އެ ކަންބޮޑުވުންތަކަކީ ސިޔާސީ ކަމެއްގެ ގޮތުގައި ނުހެދުމަށް އޭނާ ވަނީ އެދިފައެވެ. އޭނާ އެ ކަންބޮޑުވުންތައް ހިއްސާކުރީ އެއްވެސް ސަރުކާރަކުން ތެލަސީމިއާ ކުދިންގެ ޝަކުވާތަކަށް އެކަށީގެންވާ މިންވަރަށް މަސައްކަތް ކޮށްފައި ނުވާތީ ކަމަށް ވެސް ބުނެފައިވެއެވެ.
ތެލަސީމިޔާ ކުދިންގެ ހުރި ކަންބޮޑުވުންތައް އެއްސެވުމަށް ވަރަށް އަވަހަށް ބައްދަލުވުމެއް ބާއްވާނެ ކަމުގެ ޔަގީން ކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވަނީ ދެއްވާފައެވެ.
ނަޝީދުގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުގެ މެޖޯރިޓީ އޮތް މަޖިލިހުން ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ބިލް ފާސްކުރި ނަމަވެސް، އެމަނިކުފާނު އެ ބިލް ތަސްދީގު ކުރައްވާފައެއް ނުވެއެވެ. އެމަނިކުފާނު އެބިލް އަނބުރާ ފޮނުވާލެއްވީ އޭރު ތެލަސީމިއާ ސެންޓަރު މާލޭ ހެލްތު ސާވިސް ކޯޕަރޭޝަންގެ ދަށުން ހިިނގަމުން ދަނިކޮށް އެހެން ނަމެއްގައި އެ ގާނޫނުގެ ދަށުން ސެންޓަރެއް ނުއުފެއްދޭނެ ކަމަށް ވިދާޅުވުމަށްފަހުއެވެ. ފަހުން އެ ބިލް ތަސްދީގު ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި އެމަނިކުފާނެވެ.
ކިޔުންތެރިންގެ ހިޔާލު