އަންހެން ކުއްޖަކު ގެސްޓްހައުސްއެއްގައި ރޭޕްކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވާ އުނައިސް އަޙްމަދު ގެ މައްޗަށް ހަތަރު ދައުވާއެއްކޮށް، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އެމައްސަލަ ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅައިފިއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ އުނައިސް ވަނީ ޝަހުސު އޮޅުވާލައިގެން އުމުރުން 16 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ ރައްޓެހިވެ، އެކުއްޖާގެ ބައްޕަގެ އަތުން މަކަރާހީލަތުން ފައިސާ ހޯދައި، އެކުއްޖާ ޑޮކްޓަރަށް ދެއްކުމަށްކަމަށް ބުނެ ގެނެސް ޖިންސީ ގުޅުން ހިންގުމަށް ހިތްވަރުދީ، އެކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށެވެ. އެ މައްސަލާގައި، އުނައިސްގެ މައްޗަށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ ދަށުން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ އާއި، ގާނޫނުލްއުގޫބާތުގެ 312 ވަނަ މާއްދާގެ ދަށުން ޝަހްސު އޮޅުވާލުމުގެ ކުށުގެ ދައުވާ އާއި، އަދި ގާނޫނުލްއުގޫބާތުގެ 212 ވަނަ މާއްދާގެ ދަށުން މަކަރާއި ހީލަތްހެދުމުގެ ކުށުގެ ދައުވާ އާއި، މީގެ އިތުރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 122 ވަނަ މާއްދާގެ ދަށުން ކުޑަކުއްޖެއް އެކްސްޕްލޮއިޓް ކުރުމުގެ ކުށުގެ ދައުވާވެސް އުނައިސްގެ މައްޗަށް އުފުލާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.
ކުރިމިނަލް ކޯޓުން އުނައިސް ދޫކޮށްލި އަމުރުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ވެސް ލިބިފައިވާ ކަމަށެވެ. ނަމަވެސް ކުށަކީ ބޮޑު ކުށަކަށް ނުވާތީ، ބަންދުގައި އިތުރަށް ބެހެއްޓެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިއްމާފައެވެ. އޭނާގެ މައްޗަށް ކިތަންމެ ސީރިއަސް ތުހުމަތުތަކެއް ކުރެވުނު ނަމަވެސް ބަންދު އިތުރުކޮށް ދެވެން ނެތްކަން ހައިކޯޓުގެ ހުކުމަށް ރިއާޔަތްކޮށް އަމުރުގައި ބުނެފައިވެއެވެ.
ފުލުހުން ވަނީ އަނެއްކާވެސް އުނައިސް ހައްޔަރުކޮށް ބަންދު އިތުރު ކުރުމަށް ކޯޓަށް ގޮސްފަ އެވެ. މިފަހަރު އުނައިސް ޝަރީއަތް ނިމެންދެން ބަންދުކޮށް ދިނުމަށް އެދިފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާ އާއި 60 ވަނަ މާއްދާގެ (ށ)ގެ ދަށުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކަ އެވެ. އެ މާއްދާގެ ދަށުން ކުރިމިނަލް ކޯޓުން އުނައިސް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް މިހާރު ވަނީ އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު