މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ދެލައްކަ ފަސްދޮޅަސް ހަތްހާސް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 15ގެ ނިޔަލަށް ރާއްޖެއަށް ވަނީ 267،507 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 29.7 އިންސައްތަ އިތުރު އަދަދެކެެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް ޒިޔާރަތްކުރީ ރަޝިއާ ފަތުރުވެރިންނެވެ. ރަޝިޔާގެ ފަހަތުން އުޅެނީ އިންޑިޔާ އާއި އިނގިރޭސިިލާތެވެ. އެގޮތުން ރަޝިޔާއިން ޖުމްލަ 34،128 ފަތުރުވެރިން އައިސްފައި ވާއިރު، އިންޑިއާ އިން 29،513 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 25،396 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު އިޓަލީން 24،199 ފަތުރުވެރިން އައިސްފައިވެއެވެ. ޖަރުމަނުން 17،215 ފަތުރުވެރިން ރާއްޖެ އައިއިރު ފްރާންސުން 11،905 ފަތުރުވެރިން އަދި އެމެރިކާއިން 10،978 ފަތުރުވެރިން ވަނީ އައިސްފައެވެ.
ރާއްޖޭގައި މިހާރު ފަތުރުވެރިންނަށް ޚިދުމަތްދޭ 59،924 އެނދު ތަރައްޤީ ކޮށްފައިވާއިރު، ބައިނަލްއަގުވާމީ 36 އެއާލައިނަކުން ގެންދަނީ ރާއްޖެއަށް ދަތުރުތައް ބާއްވަމުންނެވެ.
ސަރުކާރުން މިއަހަރަށް އަމާޒުހިފާފައިވަނީ 1.8 މިލިއަން ފަތުރުވެރިން ގެނެސް ފަތުރުވެރިކަމުގެ ރެކޯޑެއް ހެދުމަށެވެ.

ކިޔުންތެރިންގެ ހިޔާލު