ތިލަފުށީގައި ފެން ފޯރުކޮށްދިނުމަށް ބޭނުންކުރާ އެމްޑަބްލިއުއެސްސީގެ ފެނުގެ ނިޒާމަށް ދިމާވި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އެ ކުންފުނިން ބުނެފިއެވެ.
ތިލަފުށީގައި ފެން ފޯރުކޮށްދިނުމަށް އެމްޑަބްލިއުއެސްސީން ބޭނުންކުރާ ދެ ޓޭންކުގެ ތެރެއިން ޓޭންކެއް މިއަދު ވަނީ ފަޅައިގެން ގޮސްފައެވެ. އަދި އެކަމުގެ ސަބަބުން ތިލަފުށީގައި ފެނުގެ ޚިދުމަތް މިހާރުވަނީ މެދުކެނޑިފައެވެ.
މައްސަލަ ޙައްލު ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އެމްޑަބްލިއުއެސްސީން ބުނީ ތިލަފުށީގައި ދެމުން އައި ފެނުގެ ހިދުމަތް މެދުކެނޑިފައިވަނީ ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށެވެ.
"މި މައްސަލަ ވީއެންމެ އަވަހަށް ހައްލުކޮށް ފެނުގެ ހިދުމަތް ދިނުމަށް އެމް.ޑަބްލިއު.އެސް.ސީގެ ޓީމުން ދަނީ މަސައްކަތްކުރަމުން." އެމްޑަބްލިއުއެސްސީން ބުނެފައިވެއެވެ.
ފެނުގެ ޚިދުމަތް މެދުކެނޑުމާގުޅިގެން ކަސްޓަމަރުންނަށް ދިމާވެފައިވާ ދަތިތަކަށް އެމްޑަބްލިއުއެސްސީން ވަނީ މާފަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު