ރޭޕްކުރުމާއި ޖިންސީ ގޯނާފަދަ ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުންންގެ މައްސަލަތަކުގައި މަގާމަކަށް، ވަކި އާއިލާއަކަށް ނުބަލާ އެންމެ ހަރުކަށި އަދަބު ދިނުމަށް އިދިކޮޅު ކޯލިޝަނުން މިއަދު ގޮވާލައިފިއެވެ.
އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެ މީހުން ދޫކޮށްލުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ރޭޕްކުރުން ފަދަ ބޮޑެތި ކުށްތަކަށް އަރައިގަންނަ ފަރާތްތަކަކީ އެންމެ ނުބައި މުޖުރިމުން ކަމަށެވެ.
ފަހަކަށް އައިސް ރާއްޖޭގައި ރޭޕްގެ ޝިކާރަކައަށްވާ މީހުންގެ އަދަދު އިތުރުވަމުންދާތީ އެކަމާ ކަންބޮޑުވާ ކަމަށާއި އެފަދަ އަމަލުތައް ހުއްޓުވޭނީ ކަމާބެހޭ މުއައްސަސާތަކުން ވެސް ފުރިހަމައަށް ޒިންމާ އަދާކޮށްގެން ކަމަށް އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައިވެއެވެ. މީގެއިތުރުން ރާއްޖެ އައިސް އުޅޭ ފަތުރުވެރިންނާމެދު އެފަދަ ލާއިންސާނީ އަމަލު ހިންގުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަށް ވެސް ގެއްލުންވާނެ ކަމެއް ކަމަށްވާއިރު، އެކަން ކުރި ބަޔަކަށް ގާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށާއި އަދި އެ އަމަލު ހިންގި ފަރާތްތަކުގެ ހަގީގަތް ހާމަކުރުމަށް ވެސް އިދިކޮޅުން ކޯލިޝަނުން ނެރުނު ބަޔާނުގައި ވަނީ ގޮވާލާފައެވެ.
"ގާނޫނުލް އުގޫބާތުގައި އެފަދަ ފަރާތްތަކަށް ދިނުމަށް ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދޭންޖެހޭ. މިކަމުގައި ވަކި އާއިލާއަކަށް ނުވަތަ މަގާމަކަށް ނުވަތަ ވަކި ފަރާތަކަށް ބެލުމެއް ނެތި ގާނޫނު ތަންފީޒު ކުރެވެންޖެހޭ. މިފަދަ ލާއިންސާނީ، އަނިޔާވެރި އަމަލު ހިންގާ މީހުންނަކީ އެއްގޮތަކަށް ވެސް މުޖުތަމައުގެ ތެރެއަށް ދޫކުރެވިފައި ތިބެގެން ވާނެ ބައެއް ނޫން" އިދިކޮޅު ޕްރޮގުރެސިވް ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ހުޅުމާލޭ ކައިރީގައި އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި އިއްޔެ ހައްޔަރު ކުރި 39 އަހަރުގެ ދިވެހި ދެ ފިރިހެނުން ކޯޓުން ވަނީ ދޫކޮށްލާފައެވެ. މިއަދު އެ ދެ މީހުން ދޫކޮށްލާފައި ވާއިރު، ފުލުހުން ބުނެފައި ވަނީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހުން ދޫކޮށްލާފައި ވަނީ ތަހުގީގަށް ހައްޔަރު ކޮށްފައި ބެއިތިއްބޭވެ އެކަށީގެންވާ ސަބަބެއް ނެތުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު