ރާއްޖެ އިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފިއެވެ.
އަލަށް ވެންޓިލޭޓަރުގައި ފަރުވާދޭން ފެށި މި މހާއާއެކު މިހާރު ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ ތިނަކަށް އަރާފައެވެ. ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލްގައި މިހާރު ތިން މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި އެ ތިން މީހުންނަކީވެސް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ މީހުން ކަމަށް މަބުރޫކް ވިދާޅުވިއެވެ.
މި މަހުގެ 30 ގެ ނިޔަލަށް ޓްރީޓޮޕް ހޮސްޕިޓަލް ހުސްކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު އެ ތިން މީހުން ދެން ބަދަލު ކުރާނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާއަށް ކަމަށް މަބްރޫކް ވިދާޅުވި އެވެ. ކޮވިޑަށް ހާއްސަކޮށްގެން ހުޅުމާލޭގައި އެޅި، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި މިހާރުވެސް އަށް މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށް ވެސް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު