ބީއެމްއެލްގައި ހުޅުވާފައި ހުންނަ އެކައުންޓްތަކުގެ މޮބައިލް ވޮލެޓަށް ވަދެ ވައްކަންކޮށް އެތައްބައެއްގެ އެކައުންޓްތައް ދޮވެލިފަހުން މޮބައިލް ވޮލެޓްގެ ކިއުއާރު ބޭނުންކޮށްގެން ކުރެވޭ މުޢާމަލާތް ބީއެމްއެލުން ލިމިޓްކޮށްފިއެވެ.
ކަސްޓަމަރުންނަށް އޮޅުވާލައިގެން ބީއެމްއެލްގެ އެކައުންޓުތަކުން ފައިސާ ނެގުމުގެ މައްސަލަ "ރަސް އޮންލައިން" އިން އާންމުންނާ ހަމައަށް ތިލަކޮށް މިދިޔަ އާދީއްތަ ދުވަހު އެމައުލޫމާތު ހިއްސާކޮށްފައިވަނިކޮށް ބީއެމްއެލުން މިއަދު ވަނީ މޮބައިލް ވޮލެޓް މެދުވެރިކޮށް ކިއުއާރު ބޭނުންކޮށްގެން ކުރެވޭ މުއާމަަލާތްތަކަށް ބަދަލުތަކެއް ގެނެސްފައިވާކަން ހާމަކޮށްފައެވެ.
މީގެ ކުރިން ކޮންމެ މައްސަލައެއް ދިމާވި ނަމަވެސް "ލިންކަށް ނުފިތާށޭ" ބުނާ ބީއެމްއެލް ނިދިން ހޭލައި މިއަދު ބުނެފައިވަނީ ކިއުއާރު ބޭނުންކޮށްގެން މޮބައިލް ވޮލެޓުން ކުރެވޭ ކޮންމެ މުއާމަލާތެއްގެ އެންމެ މަތީ އަދަދަކީ 750 ރުފިޔާ ކަމަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ކިއުއާރު ބޭނުން ކޮށްގެން މޮބައިލް ވޮލެޓުން ދުވާލެއްގެ މައްޗަށް ކޮންމެ ކަސްްޓަމަރަކަށް ކުރެވޭނީ 10 މުއާމަލާތް ކަމަށްވެސް ބީއެމްއެލުން ވަނީ ބުނެފައެވެ.
މިގޮތަށް ހަމަޖެއްސި ނަމަވެސް މި ލިމިޓްތަކަށްވުރެ އިތުރަށް ބޭނުންވާ ކަސްޓަމަރުުންނަށް ކާޑު ބޭނުންކޮށްގެން މުއާމަލާތް ކުރުމުގެ ފުރުސަަތު ލިބޭނެ ކަމަށްވެސް ބީއެމްއެލުން ބުނެއެވެ.
ބީއެމްއެލްގައި ހުޅުވާފައި ހުންނަ އެކައުންޓްތަކުން، އެ އެކައުންޓްތަކުގެ ވެރިންނަށް ނޭނގި ފައިސާ ނަގާ މައްސަލަ ބޮޑުވެފައިވާތީ، އެފަދަ ފަރާތްތައް އެކުވެ ބީއެމްއެލާއި ދެކޮޅަށް ބޮޑު ޙަރަކާތެއް މިހާރުވަނީ މީސްމީޑިއާގައި ފަށާފައެވެ.
އެކަމާ ގުޅިގެން ބީއެމްއެލުން ބުނެފައިވަނީ ކަސްޓަމަރުންގެ ސަލާމަތަށްޓަކައި އެ ބޭންކުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއްވެސް އަޅަމުން ގެންދާ ކަމަށެވެ. ނަމަވެސް މިހާތަނަށްވެސް ބީއެމްއެލް ވަނީ އެކަން ކުރުމަށް ނުކުޅެދި ފެއިލް ވެފައެވެ.

Changes to QR payment limits pic.twitter.com/Y0LA5pgoKL
— Bank of Maldives (@bankofmaldives) February 21, 2023
މިގޮތަށް ހަމަޖެއްސި ނަމަވެސް މި ލިމިޓްތަކަށްވުރެ އިތުރަށް ބޭނުންވާ ކަސްޓަމަރުުންނަށް ކާޑު ބޭނުންކޮށްގެން މުއާމަލާތް ކުރުމުގެ ފުރުސަަތު ލިބޭނެ ކަމަށްވެސް ބީއެމްއެލުން ބުނެއެވެ.
ބީއެމްއެލްގައި ހުޅުވާފައި ހުންނަ އެކައުންޓްތަކުން، އެ އެކައުންޓްތަކުގެ ވެރިންނަށް ނޭނގި ފައިސާ ނަގާ މައްސަލަ ބޮޑުވެފައިވާތީ، އެފަދަ ފަރާތްތައް އެކުވެ ބީއެމްއެލާއި ދެކޮޅަށް ބޮޑު ޙަރަކާތެއް މިހާރުވަނީ މީސްމީޑިއާގައި ފަށާފައެވެ.
އެކަމާ ގުޅިގެން ބީއެމްއެލުން ބުނެފައިވަނީ ކަސްޓަމަރުންގެ ސަލާމަތަށްޓަކައި އެ ބޭންކުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއްވެސް އަޅަމުން ގެންދާ ކަމަށެވެ. ނަމަވެސް މިހާތަނަށްވެސް ބީއެމްއެލް ވަނީ އެކަން ކުރުމަށް ނުކުޅެދި ފެއިލް ވެފައެވެ.
ކިޔުންތެރިންގެ ހިޔާލު