ރާއްޖެއިން ފަރުވާލިބެން ނެތް ބަލިތަކަށް ބޭސް ފަރުވާ ކުރުމަށް އިންޑިއާގެ ކޮޗިންއަށް ދިއުމުގެ ހުއްދަ އިންޑިއާ ސަރުކާރުން ދީފައިވާ ދިވެހިން މިމަހުގެ 29 ވަނަ ދުވަހު ފުރުވާލުމަށް ހަމަޖެހިފައިވާކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބުރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖެއިން ފަރުވާ ލިބެންނެތް މީހުންގެ ތެރެއިން 36 މީހަކު ބޭރަށް ފުރުވާލުމުގެ އިންތިޒާމު ހަމަޖެހި މިމަހުގެ 29 ވަނަ ދުވަހު ފުރުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އިތުރު 51 މީހަކަށް ރާއްޖެއިން ބޭރުން ފަރުވާ ދިނުމަށް ފުރުވާލަންޖެހޭތީ އެކަން ހަމަޖެއްސުމުގެ މަސައްކަތްވެސް ފޮރިން މިނިސްޓްރީން ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ފުރަބަންދުގައި އޮތް އިންޑިޔާއަށް ބޭސްފަރުވާއަށް ދިއުމުގެ ހުއްދަ ލިބިފައިވާކަން އިއުލާން ކުރެއްވީ މިމަހުގެ 23 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާ ސަރުކާރުގެ ޚާއްސަ ހުއްދައެއްގެ ދަށުން އިންޑިއާއަށް ދިވެހިން ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިންޑިއާއަކީ މިދަނޑިވަޅުގައި ހުރިހާ ގޮތަކުންވެސް ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ވެދިން ޤައުމުކަމަށެވެ. ބޭސްފަރުވާއަށް ރާއްޖެއިން އިންޑިއާއަށް ފުރުވާލާ މީހުންގެ ތެރޭގައި ކެންސަރު ބައްޔަށް ރޭޑިއޭޝަން ތެރަޕީ ބޭނުންވެފައިވާ މީހުންވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު