އިރު މެދުން ލެނބުމަށްފަހު ޒާތީވެ ލެޑިގަންނަ މީހުން ބްލޮކް ކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ޙަވާލުކުރުމަށް ބޭއްވި ޖަލްސާގައި ގިނިކަންޏާ ޑާންސް ކުރަށްވަމުން މެންބަރު ނިހާދު އުފާފާޅު ކުރަށްވާ ވީޑިއޯއެއް މީސް މީޑިއާގައި ވަނީ ޢާއްމުވެފައެވެ. އެކަމާ ގުޅިގެން މީސް މީޑިއާގައި ނިހާދަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
މީސް މީޑިއާގައި ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ރުންކުރުކޮށް ޖަވާބު ދެއްވަމުން ނިހާދު ވިދާޅުވީ، މީގެ ފަހުން އިރު މެދުން ލެނބުމަށްފަހު ޒާތީވެ ލެޑިގަންނަ މީހުން ބްލޮކް ކުރާނެ ކަމަށެވެ. އަދި އެގޮތަށް ޢަމަލު ކުރަށްވަން ނިންމެވީ އެފަދަ ފަރާތްތަކުންހިންގާ ހަޑި މުޑުދާރު ޒުވާބު ރައްޔިތުންނަށް ފެންނަން ބޭނުން ނުވާތީ ކަމަށްވެސް ނިހާދު ވިދާޅުވިއެވެ.
"އަދި އެފަދަަ އަމަލުތަކަަަށް ތަރުޙީބުދީ ޕްރޮމޯޓް ކުރަން ބޭނުން ނުވާތީ." ނިހާދު ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ވަރަށް ބޮޑަށް ތާޢީދު ކުރަށްވާ ނިހާދަކީ މީސް މީޑިއާގައި ވަރަށް އެކްޓިވް މެމްބަރެކެވެ. އެގޮތުން މި ސަރުކާރުގެ ދިފާޢުގައި ސޯޝަލް މީޑިއާގައި އެންމެ ޙަރަކާތްތެރިކޮށް އުޅުއްވާ އެއްމެންބަރަކީ ނިހާދެވެ.
އެހެންކަމުން ސަރުކާރާއި ޚިޔާލު ތަފާތު ބޭފުޅުންނާއި ނިހާދާ ދެމެދު މީސްމީޑިއާގައި ބަހުގެ ޙަމަލާތައް ބަދަލު ކުރުމަކީ ޢާއްމު ކަމެކެވެ. ނަމަވެސް މީގެ ކުރިން ރައްދުގައި މި ފަދަ ގޮތަކަށް ނިހާދު ބަސްފުޅު ވިދާޅުވެފައެއް ނުވެއެވެ.

Meege fahun Iru Medhun lembumah fahu Zaatheeve lediganna Meehun block Kuraanan! Eiee Rayyithunnah emeehun e Haalugai thibe hingaa hadi mudhaaru zuvaabu fennaan beynhun nuvaathee Adhi e fadha amalu hingumah tharuheeb dhee promote kuran beynun nuvaathee! Varah Vedhun
— Feydhoo Meehaa (Mohamed Nihad) (@nihad_m) February 20, 2023
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ވަރަށް ބޮޑަށް ތާޢީދު ކުރަށްވާ ނިހާދަކީ މީސް މީޑިއާގައި ވަރަށް އެކްޓިވް މެމްބަރެކެވެ. އެގޮތުން މި ސަރުކާރުގެ ދިފާޢުގައި ސޯޝަލް މީޑިއާގައި އެންމެ ޙަރަކާތްތެރިކޮށް އުޅުއްވާ އެއްމެންބަރަކީ ނިހާދެވެ.
އެހެންކަމުން ސަރުކާރާއި ޚިޔާލު ތަފާތު ބޭފުޅުންނާއި ނިހާދާ ދެމެދު މީސްމީޑިއާގައި ބަހުގެ ޙަމަލާތައް ބަދަލު ކުރުމަކީ ޢާއްމު ކަމެކެވެ. ނަމަވެސް މީގެ ކުރިން ރައްދުގައި މި ފަދަ ގޮތަކަށް ނިހާދު ބަސްފުޅު ވިދާޅުވެފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު