އދ. ހަންޏާމީދޫގައި މިމަހުގެ ނިޔަލަށް ފެނުގެ ޚިދުމަތަށް އެދޭ ފަރާތްތަކަށް 1 ޓަނުގެ ފެން ހިލޭ ދިނުމަށް ނިންމާފައިވާ ކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.
ހަންޏާމީދޫގައި ސްޓެލްކޯއިން ފެށި ފެނުގެ ހިދުމަތާއެކު، އެހިދުމަތަށް އެދިފައިވާ ހަންޏާމީދޫގެ ހުރިހާ ގޭބީސީއަކާއި ވިޔަފާރިއަކަށް މިހާރު ފެނުގެ ހިދުމަތް ލިބޭނެކަމަށް އެކުންފުނިން މަޢުލޫމާތުދެއެވެ. އެގޮތުން އެ ރަށުގައި މިވަގުތު ޖުމުލަ 170 ކަނެކްޝަނަކަށް ހިދުމަތް ދޭން ވަނީ ފަށާފައެވެ.
ސްޓެލްކޯއިން ބުނީ މިހާރު ފެނުގެ ހިދުމަތަށް އެދިފައިވާ ފަރާތްތަކާއި، މި މަހުގެ ނިޔަލަށް ފެނުގެ ހިދުމަތަށް އެދޭ ފަރާތްތަކަށް އެއް ޓަނުގެ ފެން ހިލޭ ދިނުމަށް ނިންމާފައިވާކަމަށެވެ. ސަރުކާރުން ސްޓެލްކޯއާއި 2021 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ހަވާލުކުރި މި މަސައްކަތް ނިންމައި ރަސްމީކޮށް ފެނުގެ ޚިދުމަތް ފެށީ އިއްޔެ އެވެ.
ހަންޏާމީދޫގެ ފެނުގެ ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ލަތީފާއި ހަންޏާމީދޫ ކައުންސިލްގެ ރައީސް މޫސާ ނާޒިމެވެ.
2023 ގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކޮށް ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ. މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ހަންޏާމީދޫގެ ރައްޔިތުންނަށް ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު