ދައުލަތުގެ ދަރަނި އަނބުރާ ދެއްކުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ކަންކަން ކުރުމަށް ގޮވާލައި މެންބަރު އީވާ ހުށަހެޅުއްވި ޤަރާރަކީ ރާއްޖެ ބަނގޫޓުކޮށްލުމަށް ހުށަހެޅި ގަރާރެއް ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ދިޔައީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށައެޅުއްވި ދަޢުލަތުގެ ދަރަންޏާގުޅޭ ޤަރާރުގެ ބަހުސެވެ. އީވާ ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ނަގާފައިވާ ލޯނުތަކާއި ދަރަނިތައް ރީސްޓްރަކްޗާ ކުރުމަށް ސަރުކާރަށް ލަފާ އަރުވަން މަޖިލީހުން ފާސްކޮށްފައިވާނެ ކަމަށެވެ.
އޭގެ އިތުރުން އޭރު ފާސްކުރި ރިޕޯޓުގައި ރައްޔިތުންގެ މަޖިލީހަށް ފުރިހަމައަށް ތަފްސީލް ދިނުމަށް ގޮވާލާފައި އޮންނާނެ ކަމަށްވެސް ޤަރާރުގައިވެއެވެ. އަދި އެ ދަރަނި އަދާކުރުމާ ގުޅޭގޮތުން މަޖިލީހުން ފާސްކޮށްފައިވާ ރެކަމަންޑޭޝަންތަކަށް ސަރުކާރުން އަމަލު ކުރުމަށް ޤަރާރުގައި ވަނީ ގޮވާލާފައެވެ.
ޤަރާރުގެ ބަހުސްގައި މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، އެއީ ރާއްޖެ ބަނގޫޓުކޮށްލުމަށް އިދިކޮޅު ފަރާތްތަކާ ގުޅިގެން ހުށަހެޅި ގަރާރެއް ކަމަށާއި ޤަރާރަށް ދެކޮޅުހަދާ ކަމަށެވެ.
"މިއީ ދިވެހިރާއްޖޭގެ ބަނގުރޫޓޫކޮށްލަން މިދިޔަ 4 އަހަރުގެ ރޭވުމުގެ ތެރެއިންއައި އާ ބޮޅެއް." ޝަރީފު ވިދާޅުވިއެވެ.
އީވާގެ ޤަރާރުގައި ބުނެފައި ވަނީ ދައުލަތުގެ ދަރަނީގެ ގޮތުގައި 2018 ވަނަ އަހަރުގެ ނިޔަލަށް ހުރީ 67 ބިލިއަން ރުފިޔާ ކަމަށާއި މިދައުރުގެ ތެރޭގައި އެ އަދަދު 113 ބިލިއަނަށް އިތުރުވެފައިވާ ކަމަށެވެ. އަދި އެއީ ފަސް އަހަރު ތެރޭ 40 ބިލިއަން ރުފިޔާގެ ދަރަނިކަން އީވާ ފާހަގަކުރެއްވި އެވެ.
ދަރަނި ރީސްޓްރަކްޗާ ކުރުމަށް އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނާފައި ވާނެ ކަމަށާއި، ރިޔާސީ ކެމްޕޭނުގައި ރައީސް ޞާލިޙްވެސް އެވާހަކަ ދެއްކެވި ކަމަށް އީވާ މިއަދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު