ޖެންޑަރ މިނިސްޓަރު އާއިޝަތު މުހަންމަދު ދީދީ
ޖެންޑަރ މިނިސްޓަރު އާއިޝަތު މުހަންމަދު ދީދީ
ކޯވިޑް-19 އާއި ގުޅިގެން ވަޒީފާ ގެއްލި ނުވަތަ އާމްދަނީ އަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ސަރުކާރުން ދޭ ފަސްހާސް ރުފިޔާގެ އެލަވަންސްގެ އިތުރުން އާއިލާ އެއްގައި ކުޑަކުދިން ތިބޭނަމަ އިތުރު ފައިސާ ލިބޭ ޗައިލްޑް ގްރާންޓް ސްކީމެއް ތައާރަފް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޖެންޑަރ މިނިސްޓަރު އާއިޝަތު މުހަންމަދު ދީދީ ވިދާޅުވެއްޖެއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޖެންޑަރ މިނިސްޓަރ އާއިޝަތު މުހަންމަދު ދީދީ ވިދާޅުވީ، ވަޒީފާ ގެއްލި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ސަރުކާރުން ދޭ 5000 ރުފިޔާގެ އިތުރުން އާއިލާއެއްގައި ކުޑަކުދިން ތިބޭނަމަ އިތުރު ފައިސާ ލިބޭ ޗައިލްޑް ގްރާންޓް ސްކީމެއް ތައާރަފް ކުރުމަށް ޔުނިސެފާއި އެކު ހަދާ އެއްބަސްވުމެއްގެ ދަށުން، ތައާރަފް ކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ. ސަރުކާރުން އިޖްތިމާއީ ރައްކާތެރިކަމުގެ ޕެކޭޖް މިހާރު ދެމުންދަނީ ކޮންބަޔަކަށްތޯ އަލުން ބަލަންޖެހޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

" އާއިލާއެއްގައި ކުޑަކުދިން ތިބިކަމަށް ވާނަމަ އެ ފަސްހާސް ރުފިޔާގެ އިތުރުން އިތުރު ފަައިސާ ވަދެގެންދާނެ މި ސްކީމްވެސް ތަންކޮޅެއް އިންސްޓިޓިއުލައިޒް ކޮށް، ޔުނިސެފާއެކު މި މަސައްކަތް ވެސް އެބަކުރަމުންދަން. އޭގެއިތުރުން އެބަ ބަލަން ދެން ކޮންކަހަލަ ސްކީމެއްތޯ އަޅުގަނޑުމެންނަށް ބޭނުންވަނީ އެސެސްމަންޓް ހެދުމުން އެކަން ފާހަގަވެގެންދާނީ." ޖެންޑަރ މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން އެކަމަނާ ވިދާޅުވީ، އިދާރީ އޮނިގަނޑު ވަރުގަދަ ކުރުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އިޖްތިމާއީ ޚިދުމަތް ދިނުމުގެ މާސްޓަރ ޕްލޭން، އޮޕަރޭޝަނަލް ފްރޭމް ވޯކްސް އެންމެ މުހިންމު ބޭނުންތަކާއި މިހާރު ނުވެހުރި ކަންކަން ހިމަނައިގެން މާސްޓަރ ޕްލޭން ތައްޔާރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެއިތުރުން ޔޫތު އެންޑް އެމްޕަވަމެންޓްގެ މާސްޓަރ ޕްލޭނެއް ވެސް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޖެލްޑަރ މިނިސްޓަރ ވިދާޅުވީ ކުޑަކުދިންގެ އަދުލްގެ ގާނޫނު ތަންފީޒު ކުރަން ފަށާއިރު، ޖުވަނައިލް ޖަސްޓިސް ސިސްޓަމް ވަރަށް ބޮޑަށް ރަނގަޅު ކުރަންޖެހޭ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން