ޢަދާލަތު ޕާޓީން އިންތިޚާބުތަކަށް ވަންނަނީ މަޝްވަރާކޮށް ހިސާބުޖެހުމަށްފަހު ކަމަށް އެޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަދާލަތު ޕާޓީން، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއިއެކު ކުރިއަށް ދިޔުމާއިމެދު ގޮތެއް ނިންމުމުގެ ކުރިން އެމްޑީޕީއާއިއެކު މަޝްވަރާތައް ބާއްވަން އަދާލަތުން ވަނީ ނިންމަފައެވެ. އެގޮތުން އިމްރާން ވަނީ އިއްޔެ ރައީސް ޞާލިޙާއި ބައްދަލު ކުރަށްވާފައެވެ.
މިސަރުކާރުގެ ދާޚިލީ ވަޒީރުކަމުގައިވެސް ހުންނެވި އިމްރާން މިއަދު ވިދާޅުވީ، އަދާލަތު ޕާޓީން މީގެ ކުރިންވެސް އިންތިހާބުތަކުގެ ތެރެއަށް ވަދެފައިވާނީ ވަރަށް ބޮޑަށް ދިރާސާކުރުމަށްފަހު ކަމަށެވެ. އެގޮތުން މަޝްވަރާ ކުރުމާއިއެކު ހިސާބުޖަހާ ކަމަށް އިމްރާން ވިދާޅުވިއެވެ.
"މިއަހަރުވެސް މިކަންކަން ކުރިއަށްވުރެ ތަރުތީބުކޮށް ކުރެވޭކަމީ އުފާކުރާކަމެއް، މާތް ﷲ އިރާދަކުރެއްވިއްޔާ ހެޔޮ ނަތީޖާ ފެންނާނެ." އިމްރާން ވިދާޅުވިއެވެ.
އިމްރާން މި މޭރުމުން ވިދާޅުވެފައިވާއިރު، ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމުގެ ބާރު އެމްޑީޕީންވަނީ ރައީސް ޞާލިޙަށް ދީފައެވެ. އަދި ވެރިކަމަށް ވަޑައިގަންނަވަން ގަސްދުކުރައްވަނީ ކޯލިޝަނެއްގެ ތެރެއިން ކަމަށާއި އެއީ ދެވަނަ ދައުރަކަށް ހޮވިވަޑައިގެންނެވުމަށް އެންމެ ފަހި ގޮތްކަމަށް ވެސް ރައީސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ޢަދާލަތު ޕާޓީން އިންތިޚާބުތަކަށް ވަންނަނީ މަޝްވަރާކޮށް ހިސާބުޖެހުމަށްފަހު ކަމަށް އިމްރާން ވިދާޅުވެފައިވާއިރު އައު ޤާނޫނު އަސާސީގެ ދަށުން ބޭއްވި ރިޔާސީ އިންތިޚާބެއްގައި ޢަދާލަތުން މިހާތަނަށް ވަކިން ވާދަކޮށްފައެއް ނުވެއެވެ. އެގޮތުން 2008 ވަނަ އަހަރު ޖުމްހޫރީ ޕާޓީއާއެކު އަދާލަތު ޕާޓީން ކޯލިޝަން ހަދާފައިވާއިރު، އެ އިންތިހާބު ކާމިޔާބުކުރީ ޖޭޕީވެސް ހިމެނުނު އެމްޑީޕީ ކޯލިޝަނުންނެވެ.
2013 ވަނަ އަހަރު ޕީޕީއެމް ކޯލިޝަނުގައި އަދާލަތު ޕާޓީން ބައިވެރިވިއިރު 2018 ގައި އަދާލަތު ބައިއަތު ހިފީ އެމްޑީޕީއާއެވެ.

ކިޔުންތެރިންގެ ހިޔާލު