ރާއްޖޭގެ ޚާރިޖިއްޔާ ގާބިލް ޚާރިޖިއްޔާ އަކަށް ހެދުމަށް ފޮރިން ސާރވިސް ގާނޫނެއް ވުޖޫދަށް ގެންނަން ނިއްމާފައިވާ ކަމަށް ޚާރިޖީ ވަޒީރު އަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ޚާރިޖީ ސިޔާސަތާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު ވިދާޅުވީ މި ފަސްއަހަރު ނިމޭއިރު ރާއްޖޭގެ ޚާރިޖީއްޔާ ޕޮރެފެޝަނަލް، ގާބިލް ޚާރިޖިއްޔާ އަކަށް ހައްދަވާނެ ކަމަށެވެ. ސަރުކާރުން މިހާރު ފޮރިން ސާވިސް ގާނޫނެއް ގެނައުމަށް ނިއްމައިފައިވާ ކަމަށާއި، އެގާނޫނުގެ ޑްރާފްޓް ނިއްމައި ބަންޑާރަ ނައިބުގެ އޮފީހުން ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"އަޅުގަނޑުގެ އުއްމީދަކީ މިއަހަރުގެ ތެރޭގައި އެ ގާނޫނަކަށް ވެގެން އައުން. ގާނޫނަކަށް ވެގެން އައީމަ ފޮރިން ސާރވިސްގައި މަސައްކަތް ކުރާ ޕޮރެފެޝަނަލް ބޭފުޅުންނަށް ވަޒީފާގެ ޔަގީން ކަމާއި އެބޭފުޅުން އެ ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަން ކުރެވިގެންދިޔުމާއެކު ދެން ފެނިގެންދާނީ މިއަހަރަށްވުރެ މާ އުސް ހަރުފަތްތަކަށް ރާއްޖޭގެ ޚާރިޖީ ޚިދުމަތް ބަދަލުވެގެންދާތަން." ޝާހިދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު