ހުޅުމާލެ އޭރިއަލް ފޮޓޯއެއް (ފޮޓޯ ސޯޝަލް މީޑިއާ)
ހުޅުމާލެ އޭރިއަލް ފޮޓޯއެއް (ފޮޓޯ ސޯޝަލް މީޑިއާ)
ހުޅުމާލެ އަށް ދިމާވެފައިވާ މައްސަލަތަކުގެ ހައްލަކީ ހައުސިން ޑިވޮލްޕަމަންޓް ކޯޕަރޭޝަން، އެޗްޑީސީ އުވާލުން ނޫން ކަމަށް ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

އެޗްޑީސީއިން އުޅެނީ ހުޅުމާލެ އަކީ އެ ކުންފުނީގެ ތަރިކަ މުދަލަކަށް ހަދައިގެން ކަމަށާއި އެއީ އެކުންފުންޏަށް ކުރެވޭނެ ކަމަކަށް ނުވާތީ އެ ކުންފުނި އުވާލުމަށް ރައްޔިތުން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޮންޑޭ) ވަނީ ގޮވާލައްވާފައެވެ. އެކަމަށް އިޝާރަތް ކުރައްވައި ކުރެއްވި ޓުވީޓެއްގައި ވިލިނިގިލީ ދާއިރާގެ އަމިއްލަ މެމްބަރު ސައުދު ހުސައިން ވިދާޅުވީ ހައްލަކީ އެޗްޑީސީ އުވާލުން ނޫން ކަމަށާއި، ހައްލަކީ ހުޅުމާލެ އަށް ވަކި ސިޓީ އެެއް އުފެއްދުން ކަމަށެވެ. ކުރިއަށް އޮތްތާގައި ހުޅުމާލެ އެންމެ ބޮޑު އާބަދީ އެެއް އޮންނަ ރަށައް ވެގެންދާނެ ކަމަށް ސައުދު ވިދާޅުވިއެވެ.

"ހުޅުމާލެ އަކީ ދިވެހި ރާއްޖޭގެ ހުރިހާ ރައްޔިތުންހެން ދިރިއުޅެން ފަށާފައިވާ އަދި ބޮޑު އާބާދީ އެއް ކުރިއަށް އޮތްތާގައި ވަޒަންވެރިވާނެ އެންމެ ބޮޑު އާބާދީ އެކުލެވޭ ރަށަކަށް ވެގެންދާނެ. އެޗްޑީސީ އުވާލުމަކީ ހައްލެއް ނޫން." ސައުދު ވިދާޅުވިއެވެ.



އެސްއޯއީ ކޮމެޓީގެ ބައްދަލުވުމުގައި ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ވިއްކަން އެޗްޑީސީ ނިންމާފައިވާ ކަމަށް ބުނެ އެކަން ބެލުމަށް އެދި ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ އެޗްޑީސީ އުވާލުމަށްފަހު ލާމަރުކަޒީ ގާނޫނުގެ ދަށުން ރަށްރަށުގެ ބިން ބޭނުން ކުރުމުގައި އަމަލު ކުރާ އުސޫލުގެ ތެރެއަށް ފެއްތުމަށްފަހު އާ ކުންފުންޏެއް އުފައްދަން ޖެހޭ ކަމަށެވެ.

"އެހެންވީމަ ތަރިކަ މުދަލެއްގެ ގޮތުގައި އެޗްޑީސީން ދެކިގެން ނުވާނެ. އެއީ ރައްޔިތުންގެ ކުންފުންޏެއް. ބިމަކީ ރައްޔިތުންގެ ބިން. އެހެންވީމަ އެޗްޑީސީ އެބަޖެހޭ އުވާލަން މިހާރު." ބޮންޑޭ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން