އަންނަ ރިޔާސީ އިންތިޚާބުގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައެންސް (އެމްޑީއޭ) އާއެކު ކޯލިޝަން ހެދުމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އިން ހުށަހަޅާފައިވާކަމަށް އެމްޑީއޭއިން ބުނެފިއެވެ.
އެމްޑީއޭ އިން މިއަދު ބުނެފައިވަނީ އެޕާޓީއާއެކު ކޯލިޝަން ހެދުމަށް ޝައުޤުވެރިކަން ޕީޕީއެމުން ހާމަކޮށްފައިވަނީ މިއަދު ކަމަށެވެ. އެގޮތުން އެކަމަށް އެދި އެ ޕާޓީއަށް ސިޓީއެއް ފޮނުވާފައިވާ އެމްޑީއޭއިން ހާމަކޮށްފައިވެއެވެ.
ރިޔާސީ އިންތިޚާބަށް އެމްޑީއޭ އާއެކު ކޯލިޝަން ހެދުމުގެ ޝައުޤުވެރިކަން ޕީޕީއެމުން ފާޅުކޮށްފައިވާއިރު، އެމްޑީއޭ އާއެކު ކޯލިޝަން ހެދުމަށް އެމްޑީޕީންވެސް ވަނީ ދަޢުވަތު ފޮނުވާއެވެ. ޕީޕީއެމުން ކޯލިޝަން އެކުލަވާލުމުގެ ދަޢުވަތު އެމްޑީއޭއަށް ފޮނުވާފައިވާއިރު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީން މިވަގުތު ހުންނެވީ ޖަލު ބަންދެއްގައެވެ.
ކޯލިޝަން އެކުލަވާލުމާ ގުޅޭގޮތުން އެމްޑީއޭއިން ބުނީ ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމަށް ލިބިފައިވާ ދަޢުވަތުތަކާމެދު ގޮތެއް ނިންމުމަށްޓަކައި ޕާޓީތަކާއެކު މިއަދު މަޝްވަރާތައް ފަށާނެ ކަމަށެވެ.
ކޯލިޝަން އެކުލަވާލުމުގެ ދަޢުވަތު ޕީޕީއެމުން އެމްޑީއޭއަށް ފޮނުވާފައިވާއިރު، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ވާދަކުރެއްވީ އެމްޑީއޭއާއެކު އެކުލަވާލި ކޯލިޝަނަކުންނެވެ.
މީދޫ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ވިޔަފާވެރިޔާ އަހުމަދު ޝިޔާމް ލީޑަރުކަން ކުރަށްވާ އެމްޑީއޭއިން ރިޔާސީ އިންތިހާބުގައި ވާދަނުކުރަން ނިންމީ އިއްޔެ ހަވީރު ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގަ އެވެ.

This morning we have received a letter from PPM/PNC informing their interest on forming a coalition with MDA. Coalition discussions will commence today with all interested parties.
— MDA Secretariat (@SecretariatMDA) February 23, 2023
ކޯލިޝަން އެކުލަވާލުމުގެ ދަޢުވަތު ޕީޕީއެމުން އެމްޑީއޭއަށް ފޮނުވާފައިވާއިރު، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ވާދަކުރެއްވީ އެމްޑީއޭއާއެކު އެކުލަވާލި ކޯލިޝަނަކުންނެވެ.
މީދޫ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ވިޔަފާވެރިޔާ އަހުމަދު ޝިޔާމް ލީޑަރުކަން ކުރަށްވާ އެމްޑީއޭއިން ރިޔާސީ އިންތިހާބުގައި ވާދަނުކުރަން ނިންމީ އިއްޔެ ހަވީރު ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގަ އެވެ.
ކިޔުންތެރިންގެ ހިޔާލު