ރާއްޖޭގެ އިޤްތިޞާދު ސަރުކާރުން ދަނީ ރަނގަޅަށް މެނޭޖް ކުރަމުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
މިއުވާން މިމޭރުމުން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެގޮތުން މަޖިލީހަށް މިހާރު ހުށައަޅާފައިވާ ރާއްޖޭގެ ދަރަނިތައް ރީސްޓްރަކްޗާ ކުރުމުގެ ޤަރާރާ ގުޅޭގޮތުން މިއުވާން ވިދާޅުވީ ރާއްޖޭގެ ދަރަންޏާއި މުޅި އިޤްތިޞާދުވެސް ސަރުކާރުން ދަނީ މެނޭޖް ކުރަމުން ކަމަށެވެ.
މިއުވާން ވިދާޅުވީ ސަރުކާރުން ރާއްޖޭގެ އިގްތިސާދު މެނޭޖް ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާމެދު އައިއެމްއެފް އާއި ވޯލްޑް ބޭންކުންވެސް ހިތްހަމަޖެހުން ފާޅުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ދަރަނީގެ މައްސަލާގައި އެހެނިހެން ފަރާތްތަކުން ފާޅުކުރާ ޚިޔާލުތަކާމެދު ސަރުކާރުގެ ކަންބޮޑުވުމެއް ނެތްކަމަށްވެސް މިއުވާން ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހަށް އީވާ ހުށައެޅުއްވި ޤަރާރުގައި ބުނެފައި ވަނީ ދައުލަތުގެ ދަރަނީގެ ގޮތުގައި 2018 ވަނަ އަހަރުގެ ނިޔަލަށް ހުރީ 67 ބިލިއަން ރުފިޔާ ކަމަށާއި މިދައުރުގެ ތެރޭގައި އެ އަދަދު 113 ބިލިއަނަށް އިތުރުވެފައިވާ ކަމަށެވެ. އަދި އެއީ ފަސް އަހަރު ތެރޭ 40 ބިލިއަން ރުފިޔާގެ ދަރަނިކަން އީވާ ފާހަގަކުރެއްވި އެވެ.
ސަރުކާރުން ބުނަމުންދަނީ ރާއްޖޭގެ އިގުތިސާދު ދަނީ ބާރު ސްޕީޑުގައި ކުރިއަރަމުން ކަމަށެވެ. އެގޮތުން ރާއްޖޭގެ އިގުތިޞާދު މިހާރުވަނީ ކޮވިޑު19 ގެ ކުރިން އޮތް ހާލަތަށް ރުޖޫއަވެފައިކަމަށް މާލީ ވަޒީރު އަމީރު ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު