އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙުގެ މަންދޫބުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައެންސް (އެމްޑީއޭ) އާއެކު މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މީދޫ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ވިޔަފާވެރިޔާ އަހުމަދު ޝިޔާމް ލީޑަރުކަން ކުރަށްވާ އެމްޑީއޭ އާއެކު އަންނަ ރިޔާސީ އިންތިޚާބުގައި ގުޅިގެން މަސައްކަތްކުރުމުގެ ޝައުގުވެރިކަން ރާއްޖޭގެ އެންމެ ބޮޑު ދެޕާޓީ އެމްޑީޕީއާއި ޕީޕީއެމުންވެސް ވަނީ ފާޅުކޮށްފައެވެ.
އެމްޑީޕީ އާއި އެމްޑީއޭގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މިއަދު މެންދުރު ސަން ސިޔާމް ބިލްޑިންގ ގައެވެ. މި ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގެންފައި ވަނީ އެމްޑީޕީގެ ޗެއާޕާސަން އަދި އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާއީލާއި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.
އެމްޑީއޭގެ ފަރާތުން އެޕާޓީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ އިސްބޭފުޅުން މަޝްވަރާގައި ބައިވެރިވެ ވަޑައިގެންފައިވެއެވެ. އެގޮތުން ކުރީގެ މަޖިލީސް މެމްބަރު އަލީ މައުރޫފާއި ޑރ. އައިޝަތު ރަފިއްޔާ އާއި، މުހައްމަދު އައްބާސް އާއި ޝުއައިބު އަލީ ވަނީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންފައެވެ.
މި ބައްދަލުވުމުގައި ނިންމުނު ކަންތައްތަކުގެ ތަފްސީލް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. އެމްޑީއޭއިން ބުނީ ޕީޕީއެމާއެކުވެސް އެޕާޓީން މިއަދު މަޝްވަރާކުރާނެ ކަމަށެވެ. އަދި ވަކި ގޮތެއް ނިންމާނީ ދެ ޕާޓީގެ ހުށައެޅުންތަކަށް ބެލުމަށްފަހު ކަމަށެވެ.
އެމްޑީޕީން އެމްޑީއޭއާއެކު ކޯލިޝަނެއް ހެދުމާމެދު މަޝްވަރާ ކޮށްފައިވާއިރު، އަންނަ ރިޔާސީ އިންތިހާބުގައި ވާދަނުކުރަށްވާނެކަން އެމްޑީއޭގެ ރައީސް، މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް އެކަން ޕާޓީގެ ކައުންސިލަށް އެންގެވީ އިއްޔެ އެވެ.
އެހެން ނަމަވެސް ޢަދާލަތު ޕާޓީން އިއްޔެ ވަނީ ރިޔާސީ އިންތިޚާބަށް އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ނިންމާފައެވެ. އޭގެ އިތުރުން ސަރުކާރުގެ ކޯލިޝަން ޕާޓްނަރ އެމްއާރުއެމުން ބުނެފައިވަނީ އެޕާޓީގެ ލީޑަރ ރައީސް މައުމޫން ރާއްޖެ ވަޑައިގަތުމުން ކޯލިޝަނެއް އެކުލަވާލުމާމެދު އެމްޑީޕީން ފޮނުވާފައިވާ ދަޢުވަތާމެދު މަޝްވަރާ ކުރާނެ ކަމަށެވެ.
މީގެ ކުރިން ރައީސް ޞާލިޙްގެ މަންދޫބުން ވަނީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ވެސް ބައްދަލު ކުރަށްވާފައެވެ. ނަމަވެސް ޖޭޕީން ރިޔާސީ އިންތިޚާބާމެދު ވަކިގޮތެއް ކަނޑައަޅާނީ މާދަމާ ބާއްވާ އެޕާޓީގެ ޤައުމީ ޖަލްސާއަށް ފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު