ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރުމާމެދު ލަފާދޭނެ ގަރާރެއް އެޕާޓީގެ ކޮންގްރެސްއަށް އެޖެންޑާ ކޮށްފިއެވެ.
މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރު އިލްހާމް އަހުމަދު ވިދާޅުވީ މިޤަރާރު ހުށައެޅުއްވީ ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ އަހުމަދު ކަމަށެވެ.
އަބުޅޯގެ ޤަރާރުގައި ހުށައަޅާފައިވަނީ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވަކިން ނުވަތަ އެ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނެއްގެ ތެރެއިން ވާދަކުރުމާމެދު ގޮތެއް ނިންމުމަށެވެ. އިލްހާމް ވިދާޅުވީ އެ ގަރާރާމެދު މަޝްވަރާކޮށް ހޮނިހިރު ދުވަހުގެ މެންދުރުފަހު ގޮތެއް ނިންމާނެ ކަމަށެވެ. އަދި އެ ނިންމުން ރެކަމަންޑޭޝަނެއްގެ ގޮތުގައި އަލަށް އެކުލަވާލާ ކައުންސިލަށް ހުށައަޅާނެ ކަމަށް އިލްހާމް ވިދާޅުވިއެވެ.
އިލްހާމް ވިދާޅުވީ ޤައުމީ ކޮންފަރެންސްގެ ލަފައާމެދު ރަސްމީކޮށް ގޮތް ނިންމާނީ ޕާޓީގެ ކައުންސިލުން ކަމަށެވެ.
ޖޭޕީގެ ކޮންފަރެންސަށް މުހިންމު ޤަރާރެއް ހުށައަޅާފައިވާއިރު އަންނަ ރިޔާސީ އިންތިޚާބުގައި ގުޅިގެން މަސައްކަތް ކުރުމަށް ރައީސް ޞާލިޙްވަނީ ރަސްމީކޮށް ޖުމްހޫރީ ޕާޓީއަށް ހުށައަޅުއްވާފައެވެ. އަދި އެކަމުގެ މަޝްވަރާތަކަށް ރައީސް ޞާލިޙްގެ މަންދޫބުން ވަނީ ޤާސިމާއި ބައްދަލު ކުރަށްވާފައެވެ.
ޖޭޕީގެ ޤައުމީ ކޮންފަރެންސް އޮންނާނީ މިމަހުގެ 24 އިން 25 އަށް މާލޭ ދަރުބާރުގޭގައެވެ.

ކިޔުންތެރިންގެ ހިޔާލު