ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެސްޓީއޯއިން ސިންގަޕޫރުގައި ހިންގި ކަމަށް ތުހުމަތު ކުރާ ތެލުގެ ވަގު ވިޔަފާރިއާބެހޭ މައްސަލަ، ކުރީގެ ރައީސް ޑރ. މުހަންމަދު ވަހީދު ހަސަންއާއި ގުޅުވޭނެ އެއްވެސް ގޮތެއް ނޯއްނާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
އަވަސްގެ "ފަށަމާ" ގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ އެއީ "ހިޔާލީ" ވާހަކަތަކެއް ކަމަށެވެ. އަދި ކިތަންމެ މަސައްކަތެއް ކުރެއްވި ނަމަވެސް އެމަނިކުފާނާ އެ މައްސަލަ ގުޅުވޭނެ ގޮތެއް ނޯންނާނެ ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.
"ނެތް އެއްޗެއް ކިހިނެއްތޯ ފެންނާނީ ވުޖޫދަށް ނާންނަ އެއްޗެއް ފެންނާނީ ކިހިނެއްތޯ؟" ރައީސް ވަހީދު ވިދާޅުވި އެވެ.
މެންބަރުން ހިތަށް އެރި އެއްޗެއް ގޮވަމުން ދަނިކޮށް މައްސަލައިގެ ހަގީގަތް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ހާމަ ކޮށްދެއްވި ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ. އަދި އުޝާމް ޖެއްސެވި ކައްޓަކުން ފުފިފައިވާ މަޖިލީސް ހިނދިގެން ދިޔަ ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.
"އަޅުގަނޑަކީ ތެލުގެ ވިޔަފާރި ކުރާ މީހެއް ނޫން. ތެލުން ބައެއް އެޅުނު މީހެއް ނޫން. އެހެންވީމަ އަޅުގަނޑުގެ އިންޓްރަސްޓް ހުރި ކަމެއް ނޫން މިއީ." ރައީސް ވަހީދު ވިދާޅުވިއެވެ.
އެސްޓީއޯއިން ސިންގަޕޫރުގައި ހިންގި ކަމަށް ތުހުމަތު ކުރާ ތެލުގެ ވަގު ވިޔަފާރިއާބެހޭ މައްސަލާގެ ލިޔުންތައް އެބަހުރި ކަމަށާއި މައްސަލަ ރިވިއު ކުރަން ނިންމާފައިވާ ކަމަށް އޭސީސީން ރޭ ހާމަކޮށްފައި ވާތީ އެ މައްސަލައިގައި އިތުރު ވާހަކަތައް ދައްކަވަން މިވަގުތު ބޭނުންފުޅު ނުވާ ކަމަށް ރައީސް ވަހީދު ވަނީ ވިދާޅުވެފައެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެސްޓީއޯއިން ސިންގަޕޫރުގައި ހިންގި ކަމަށް ތުހުމަތު ކުރާ ތެލުގެ ވަގު ވިޔަފާރިއާ ބެހޭ ރިޕޯޓެއް ރައީސް ވަހީދު ފޮރުވައިގެން އުޅުއްވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ވަނީ މައްސަލައެއް ހުށައަޅާފައެވެ. އެމައްސަލަ މަޖިލީހަށް ބަލައިގަނެ ވަނީ ޖުޑިޝަރީ ކޮމެޓީ އަށް ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު