ޖެންޑަރ ކޮމެޓީގެ ބައްދަލުވުމެއް ކުރިއަށްދަނީ
ޖެންޑަރ ކޮމެޓީގެ ބައްދަލުވުމެއް ކުރިއަށްދަނީ
ހުޅުމާލެ ކައިރީގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ހޯމަ ދުވަހު ބާއްވާ ބައްދަލުވުން ޗެއަރ ކުރައްވާނީ އެކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދު ނޫންކަމުގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

މި މައްސަލަ ދިރާސާ ކުރުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން އެޖެންޑާ ކޮށްފައިވަނީ މާދަމާ މެންދުރުފަހު 14:00 ށެވެ. އެކަމާ ގުޅޭގޮތުން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި މައްސަލައިގެ ކޮމިޓީގެ ޗެއާކަން ކުރައްވާނީ ކޮމިޓީގެ ނައިބު މުޤައްރިރު އަދި ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ކަމަށެވެ. އަދި މި މައްސަލަ ގާތުން ބައްލަވާނެ ކަމަށް ވެސް ރޮޒެއިނާ ވިދާޅުވިއެވެ. މިމައްސަލަ އެޖެންޑާ ކުރެއްވިކަމަށްޓަކާ ރޮޒައިނާ ވަނީ ކޮމިޓީގެ މުގައްރިރު ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މައުމޫދަށް "ސާބަސް" ރައްދު ކުރައްވާފައެވެ.

މި މައްސަލައިގެ ތުހުމަތުގައި ކުށުގެ ވެށިން 39 އަހަރުގެ ދިވެހި ދެ ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ. އެކަމަކު މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ހެކި ނެތް ކަމަށް ބުނެ، އެ މީހުން ދޫކޮށްލުމާއި ގުޅިގެން ފުލުހުންނާއި، ކަމާބެހޭ އިދާރާތަކަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

އެކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާއިން ބުނެފައިވަނީއެމީހުން ދޫކޮށްލާފައިވަނީ ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތުމުން ކަމަށެވެ.

އޭގެ އިތުރުން، ހިއުމަން ރައިޓްސް ކޮމިޝަން، އެޗްއާރްސީއެމުން ވެސް ވަނީ އެ މައްސަލަ ބަލަމުންދާ ކަން މިއަދު ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން