ރައީސް ޔާމީނާއި އަދީބު؛ އެމްއެެމްޕީއާރްސީގެ ޚިޔާނާތުގައި އިސްކޮށް ތިބި ދެބޭފުޅުންނަކީ ކުރީގެ ރައީސް ޔާމީނާއި އަދީބު ކަމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ބުނޭ
ރައީސް ޔާމީނާއި އަދީބު؛ އެމްއެެމްޕީއާރްސީގެ ޚިޔާނާތުގައި އިސްކޮށް ތިބި ދެބޭފުޅުންނަކީ ކުރީގެ ރައީސް ޔާމީނާއި އަދީބު ކަމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ބުނޭ
ކުރީގެ ރައީސް ޔާމިން އަބްދުލް ގައްޔޫމުގެ ސަރުކާރުގައި އެމްއެމްޕީއާރުސީގެ ތެރެއިން ހިންގި ބޮޑު ޚިޔާނަތުގެ ފައިސާ ލިބުނު ބައެއް ބޭފުޅުންގެ މައުލޫމާތާއި އެބޭފުޅުންނަށް ލިބިވަޑައިގެންނެވި ފައިސާގެ އަދަދުތައް ކަމަށް ބުނެ އެ ފަރާތްތަކުގެ މައުލޫމާތު ޓުވީޓާގައި އާންމުކުރަން ފަށައިފިއެވެ.

އެމްއެމްޕީއާރުސީގެ ބެނިފަޝިރީސްގެ ނަމުގައި ހިންގާ ޓުވީޓާ އެކައުންޓުން އާންމުކުރަމުންދާ މިމައުލޫމާތުތަކުގައި ޚިޔާނަތުގެ ފައިސާ ލިބިވަޑައިގެންނެވި ބައެއް ބޭފުޅުންގެ ތެރޭގައި ހިމެނޭ ކަމަށް ބުނެ މައުލޫމާތު އާންމުކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ޕީޕިއެމްގެ ނާއިބް ރައީސް ޣައްސާނު މައުމޫނާއި، ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި، ކުރީގެ ޑިފެންސް މިނިސްޓަރ މޫސާ އަލީ ޖަލީލާ، ކުރީގެ އިކޮންމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހަންމަދު ސައީދާއި ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

އެޓުވީޓާ އެކައުންޓުން ވަނީ އެބޭފުޅުންނަށް ލިބިވަޑައިގެންނެވި ފައިސާގެ އަދަދުތައް ވެސް ހާމަކޮށްފައެވެ. އަދި ފައިސާ ލިބުނު ކަމުގެ ހެކި ވެސް އާންމު ކުރާނެ ކަމަށް އެ ފަރާތުން ބުނެފައިވެއެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުން މަންފާ ލިބުނު ކަމަށް ތަހުގީގީ އިދާރާތަކުން އެކުލަވާލައި މިދިޔަ އޮކްޓޯބަރު މަހު އާއްމުކުރި ލިސްޓުގައި 267 މީހަކު ހިމެނެ އެވެ. އޭގެ ތެރޭގައި މި ސަރުކާރުގެ މިނިސްޓަރުންނާއި އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންނާއި މިހާރުގެ މެމްބަރުންނާއި މިނިވަން މުއައްސަސާތަކާއި ސަލާމަތީ ބާރުތަކުގެ އޮފިސަރުން ހިމެނެ އެވެ.  

ޚިޔާނާތުގައި އެންމެ އިސްކޮށް އުޅުއްވީ ގޭބަންދުގައި މިހާރު ހުންނެވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ކަމަށް ފުލުހުން ބުނެއެވެ. އަދީބުގެ އިތުރުން މި މައްސަލައިގައި އިސްކޮށް ދެން ހިމެނޭ އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވެސް ހުންނެވީ ގޭބަންދުގަ އެވެ. މި ޚިޔާނާތުގައި އެންމެ ބޮޑަށް ތުހުމަތުކުރެވުނު ބޭފުޅުންގެ ތެރެއިން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަންޏެވެ. އެމަނިކުފާނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ މަނީ ލޯންޑްރިންގެ މައްސަލައެއްގަ އެވެ.

ދާދިފަހުން ޕީޖީ ޝަމީމް ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނަތުގެ ފައިސާ ބޮޑެތި ސިޔާސީ ޕާޓީތަކާއި ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ވަރަށް ގިނަ ފަރާތްތަކަށް ލިބިފައިވާ ކަމަށެވެ. އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކުރި ރަށްތަކާއި ފަޅުތަކާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ 1.2 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޚިޔާނާތުގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެސެޓް ރިކަވަރީ ކޮމިޝަނުން ބައިވެރިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


0

ރަނގަބީލު

10-Jul-2020

ޢިސްލާމް ދީނުގައި ތިކަން އޮންނަނީ ތިޔަހެން ތޯ.ފައިސާ ގައި ޖެހިފައިވާ ނަމަ ސަރީއަތް ކުރޭ.ކޮންމެހެން ފަހަރަކު މީހަކު ނަން ޖަހާ އިސްތިހާރު ކުރުމުގެ ބަދަލުގައި


-5

ޑިމޮކްރަސީ

02-Jul-2020

ރައްޔިތުންގެ ބިލިއަން ފައިސާ ދިރުވާލި މީހުންގެ މައްސަލަބަލަން ތިބި ތަޙްޤިޤި އިދާރާތަކާއި މިޤަވްމުގެ މަތިފަޑީގަ ތިބި ބޮޑުންވަނީ ފެއިލްވެފަ


18

ޔޫސުފް

01-Jul-2020

އެކިފަހަރު އެކިމީހުންގެ އަބުރު ގެއްލޭ ގޮތަށް ތިކަންކުރުމަކީ ވަރަށް ޣައިރު ޒިންމާދާރު ކަމެއް. މައްސަލައިގައި ދައުވާ ކުރެވޭ މީހުންނަށް ދައުވާ ނުކޮށް މީހުންގެ އަބުރު ކަތިލާ މީހުންނާމެދު ޝަރީޢަތް ކުރާ ދުވަހެއް ވެސް އަތުވެދާނެ.


-4

ހާމިދު ހުސައިން

01-Jul-2020

ތިބާވަތުގެ ހުރިހާ ކަމެއް ބަލާ ތަހުގީގު ކުރުން ވަރަށް މުހިންމެވެ. އެހެންނޫނި ޖެހުމާ ހިފާ ދުއްވާނެ އެވެ.


4

އެދުރުބޭ

01-Jul-2020

އެހެންވެރތާމިމީހުންމާފޯރިނަގާފަދޫކޮއްލާދޫކޮއްލަގޮވަނީ


19

ފުއާދު

30-Jun-2020

ވިސްނަންވީ ކުރިޔައޮތްތަނުގައި އެއްވެސްޕާޓީއަކަގައުމުގެ ވެރިކަން ހަވާލުނުކުރަން މިހާރަށްވުރެރަގަޅުވާނެ


2

ހިޔާނާތް

30-Jun-2020

ރަގަޅަށް ތިހަދަނީ މިސަރުކާރުން ބުނީ.....ލިބުނު ފައިސާ ހިޔޮނިޔަތުގަ ބޭނުންކުރި ފަރާތްތަކަށް ދައުވާ ނުކުރާނެ ކަމަށް ގިނަދުވަސް މިނަގަނީވެސް ހެޔޮ ނިޔަތުގަ ފައިސާ ބޭނުންކުރި ފަރާތްތައް ފާހަގަ ކުރުމަށް...އެނގޭވަރުން މި ދަނީ ޢާންމު ކުރަމުން..މިހާތަނަށް ބެލި ބެލުމުން އެމްޑީޕީ އަށް ނިސްބަތްވާ ގިނަ މެމްބަރުންނާ ޕާޓީގެ ބޮޑުން މިފައިސާތައް ބޭނުންކޮށްފަ އޮތީ ވަރަށްވެސް ހެޔޮނިޔަތުގަ...އަދި މިފައިސާ ތަކުން ގިނަ މީހުން ދިޔައީ ހައްޖަށް އެހެންވެ ސަރުކާރުގެ ވިސްނުމެއްނެތް ދައުވާ ކުރާކަށް...ޝުކުރިއްޔާ!!!!!


12

ވައްޑޭ

30-Jun-2020

ފަޓާސްބަރިއެއްހެން ހާމަކޮއްބަލަ ދެ ސަރުކާރުގަ ހިމެނޭ މީޚުންވެސް ބިރުނުގަނޭ


3

ހަސަނު

29-Jun-2020

ތަރުތަިބުން ދާނެ ވަގުން ހިފައި ހައްޔަރަށް ލެވޭނެ


8

ބެލުން

29-Jun-2020

ޚިޔާނާތްތެރިން މހާރުންމާރަށް އިސްތިއުފާ ދޭންވީ ރަޢިޔަތުން މުދަލަށް ޚިޔާނާތްތެރިވާ އެއްވެސެ ފަރާތަކީ ވަޒީފާއަށް ކުފޫ ހަމަވާ ފަރާތެއް ނޫން އަހަށް އެބަޔަކު އިސްތިޢުފާދީ


3

ފަޅޯ އީސަ

29-Jun-2020

އެންމެ އިސްކޮއް އުޅެ އެކަމައް އިއުތިރާފްވީ ދެމީހުން ގޭގަ އޭސީސީ އައްވެސް އަދި ޕޮލިހައްވެސް ވަކިގޮތެއް ނުނިންމޭ 1މިލިއަން ޑޮލަރެއްގެ މައްސަލަ ސާބިތު ވެޔޭކިޔާފަ ރައިސް ޔާމީން ޖަލުގަ މީކޮންވައްތަރު ސަރީއަތް ކުރާ ގައުމެއް. އަހަރެން ހަމަ ހިނި އަންނަނީ


-10

ގާދިރު

29-Jun-2020

ކޮބާ އެހެން ޕާޓީ މީހުންގެ ލިސްޓް. ކޮބާ މަހުލޫފު, ކޮބާ ޖާބިރު ބުނި އިބޫ ސާލިހުގެ ވާހަކަވެސް. މި ތަހުގިގުކުރަނީ ރާއްޖޭގެ އިދިކޮޅު މީހުންނަށް އެކަނި ކަމަށް ވަންޏާ މީ ރާވައިގެން ހިންގާ ނުބައި ޖަރީމާއެއް. މިކަމުގެ އަޑީގައި ހުރީ ރާބޮކި. އަދީބުގެ ވަކީލު ޕީޖީއަކަށްހުރީ. ތީ ގޭމު ކުޅެނީ.


-4

ހައިރާން

29-Jun-2020

މިހާރުމިކުރާވަށްކަން ބަލަނީ ކޮންބައެއް ވަށްކަންކުރިއޭކިޔައި ވެރިކަމަށްއައިސް މިކުރަނީކޮންކަމެއް ދެއަހަރުގެ ބަޖެޓު ދިރުވާލީ ނުވީތާކަށް ކޮންކަމެއް ރަތްޔަތުންގެ ފަސޭހައަށްކޮށްދެވުނީ ހަޔާތްކުޑައަސް ތީ ބޮޑުވަރު


-13

ހައިރާން

29-Jun-2020

މިހާރުމިކުރާވަށްކަން ބަލަނީ ކޮންބައެއް ވަށްކަންކުރިއޭކިޔައި ވެރިކަމަށްއައިސް މިކުރަނީކޮންކަމެއް ދެއަހަރުގެ ބަޖެޓު ދިރުވާލީ ނުވީތާކަށް ކޮންކަމެއް ރަތްޔަތުންގެ ފަސޭހައަށްކޮށްދެވުނީ ހަޔާތްކުޑައަސް ތީ ބޮޑުވަރު


-1

ިިހަބީބު

29-Jun-2020

އެހެން ވީމާ އަނަގަ މިއަރުވަނީ ހުސް ކޮރަޕުޓު ބައިގަނދު ދޯ


-1

ިިހަބީބު

29-Jun-2020

އެހެން ވީމާ އަނަގަ މިއަރުވަނީ ހުސް ކޮރަޕުޓު ބައިގަނދު ދޯ



ޓްރެންޑިން