މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީ
މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީ
ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި މައްސަލާގައި ފުލުހުންގެ އިހުމާލެއް ވޭތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީން ނިންމައިފިއެވެ.

މި މައްސަލައިގެ ތުހުމަތުގައި ކުށުގެ ވެށިން 39 އަހަރުގެ ދިވެހި ދެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ. އެކަމަކު މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ހެކި ނެތް ކަމަށް ބުނެ، އެ މީހުން ދޫކޮށްލުމާއި ގުޅިގެން ފުލުހުންނާއި، ކަމާބެހޭ އިދާރާތަކަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްްސަސާތަކާއި ބެހޭ ކޮމެޓީގެ މުގައްރިރް އަދި އައްޑޫ މީދޫ ދާއިރާޣެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ، ހުޅުމާލެ ސަފާރީ ރޭޕް ކޭސްގައި ފުލުހުންގެ އިހުމާލެއް ވޭތޯ ބަލައި މިކަމަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ކުރަމުންދާކަމެއް އޮތްތޯ ބެލުމަށް މާދަމާ ކޮމެޓީއަށް އެެޖެންޑާ ކުރެވިފައިވާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާއިން ބުނެފައިވަނީ އެމީހުން ދޫކޮށްލާފައިވަނީ ތަހުގީގަށް ހައްޔަރުކޮށްފައި ބެއިތިއްބޭނެ އެކަށީގެންވާ ސަބަބެއް ނެތުމުން ކަމަށެވެ. މި މައްސަލާގައި ހިމެނޭ ދެ މީހުންނަނީ ސަރުކާރުގެ ނުފޫޒު ގަދަ ދެ މީހެއް ކަމަށް ބުނާ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ. އޭގެ އިތުރުން، ހިއުމަން ރައިޓްސް ކޮމިޝަން، އެޗްއާރްސީއެމުންނާއި މަޖިލީހުގެ ޖެންޑަރ ކޮމެޓީން ވެސް އެމައްސަލަ ބަލަން ވަނީ ނިއްމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން