އއ. މާޅޮހުގެ ކަރަންޓު ކެޕޭސިޓީ 679 ކިލޯވޮޓުން 816 ކިލޯވޮޓަށް އިތުރުކޮށްފައި ވާކަމަށް އެ ރަށުގައި ކަރަންޓުގެ ހިދުމަތް ދޭ ކުންފުނި ސްޓެލްކޯއިން ހާމަކޮށްފިއެވެ.
މާޅޮހުގެ ކަރަންޓުގެ ޚިދުމަތް އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ތެރެއިން ޖުމްލަ 1322 މީޓަރުގެ ކޭބަލް ވަޅުލައި، ކުރިން ހުރި ޑިސްޓްރިބިއުޝަން ފޮށިތަކުގެ ބަދަލުގައި އައު ފޮށި ވަނީ ބަހައްޓާފައެވެ.
ސްޓެލްކޯއިން ބުނީ މާޅޮހުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ފުރިހަމަކުރުމަށްޓަކައި 300 ކިލޯވޮޓުގެ އައު ޖަނަރޭޓަރު ސެޓެއް ކަމިޝަންކޮށް މިހާރު ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. މިއާއެކު މާޅޮހުގެ ކަރަންޓު ކެޕޭސިޓީ 679 ކިލޯވޮޓުން 816 ކިލޯވޮޓަށް އިތުރުކުރެވިފައިވާކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.
ކަރަންޓުގެ ޚިދުމަތަށް ގެނައި ކުރިއެރުމާއެކު މާޅޮހަށް މީގެކުރިން ދިމާވެފައިވާ، ވޯލްޓޭޖް ޑްރޮޕްގެ މައްސަލަ އެއްކޮށް ހައްލުވެ، އެކަމުގެ ފަސޭހަކަން އެރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ސްޓެލްކޯއިން ކަރަންޓްގެ ހިދުމަތް ފުޅާ ކުރަމުންދާއިރު، އެ ކުންފުނިން ދެމުންދާ ހިދުމަތްތައް އެންމެ ރަނގަޅު ފެންވަރެއްގައި ދިނުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންކަން ފާހަގަ ކުރެވެއެވެ.

އއ. މާޅޮހުގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކޮށް، އެ ރަށުގައި ދެމުންގެންދާ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި މިހާރު ވަނީ 300kW ގެ އައު ޖަނަރޭޓަރުސެޓެއް އެރަށަށް ފޮނުވާ، ކޮމިޝަންކޮށް ބޭނުން ކުރަން ފަށާފައި. މިއާއެކު، މާޅޮހުގެ ކެޕޭސިޓީ 679kW އިން 816kW އަށް ވަނީ އިތުރުކުރެވިފައި pic.twitter.com/wPBEdnLG0x
— STELCO (@STELCOMALDIVES) February 28, 2023
ކަރަންޓުގެ ޚިދުމަތަށް ގެނައި ކުރިއެރުމާއެކު މާޅޮހަށް މީގެކުރިން ދިމާވެފައިވާ، ވޯލްޓޭޖް ޑްރޮޕްގެ މައްސަލަ އެއްކޮށް ހައްލުވެ، އެކަމުގެ ފަސޭހަކަން އެރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ސްޓެލްކޯއިން ކަރަންޓްގެ ހިދުމަތް ފުޅާ ކުރަމުންދާއިރު، އެ ކުންފުނިން ދެމުންދާ ހިދުމަތްތައް އެންމެ ރަނގަޅު ފެންވަރެއްގައި ދިނުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންކަން ފާހަގަ ކުރެވެއެވެ.
ކިޔުންތެރިންގެ ހިޔާލު