ތިނަދޫ ޓާޝަރީ ހޮސްޕިޓަލް ޑިޒައިންކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވިދާޅުވީ މިހާރުކުރިއަށް ދަނީ ހޮސްޕިޓަލް ޑިޒައިންކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ޑިޒައިންކުރުމުގެ މަސައްކަތް ނިމުނުހާ އަވަހަކަށް ހޮސްޕިޓަލް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ ކުރިން މިނިސްޓަރ ވިދާޅުވެފައިވަނީ ގދ. ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލް އެޅުމަށް މިއަހަރުގެ މެދެއްހާ ހިސާބުގައި ބީލަމަށް ހުޅުވާލާނެކަމަަށެވެ. ތިނަދޫގައި އެޅުމަށް ހަމަޖެހިފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލަށް އެޅުމަށް ލޯނު ހަމަޖެހިފައިވަނީ ކުވައިތު ފަންޑުންނެވެ.
ތިނަދޫ އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ދަށުން އޯޕީޑީގެ ޖާގަ ބޮޑު ކުރުމާއި 2 ލޭބަރ ރޫމް އިތުރުކުރުމާއި 4 ޕްރައިވެޓް ރޫމް އިމާރާތް ކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މި މަސައްކަތަށް ދައުލަތުގެ ބަޖެޓުން 33 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރެއެވެ.
ރާއްޖޭގެ ސިއްހީ ނިޒާމްގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާއިރު، އަތޮޅު ތެރޭގައި ފޯރުކޮށްދޭ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވައެވެ. މިގޮތުން މިހާރުވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތައް ގާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ގެންދަނީ ކުރައްވަމުންނެވެ.
އަދި އެކަމުގެ ނަތީޖާ ވެސް މިހާރުވެސް ފެންނަމުންދާކަން ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު