ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓް؛ ވެލާނާ އެއަރޕޯރޓް ހިންގަނީ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ އެމްއޭސީއެލުން
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓް؛ ވެލާނާ އެއަރޕޯރޓް ހިންގަނީ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ އެމްއޭސީއެލުން
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިނގިރޭސިވިލާތުގެ ރައްޔިތަކު ހަމަޖައްސައިފިއެވެ.

މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރގެ މަގާމަށް ސަރުކާރުން ހަމަޖައްސަވާފައިވަނީ އިނގިރޭސި ވިލާތުގެ ރައްޔިތެއް ކަމަށްވާ ގޯޑަން އެންޑްރޫ ސްޓުއަރޓް އެވެ. އެ ކުންފުނިން ނެރުނު ސާކިއުލާއެއް ގައި ބުނެފައިވަނީ ގޯޑަން އަކީ ޔޫރަޕް، މެދުއިރުމަތި، އުތުރު އެފްރިކާ، އޭޝިޔާ އަދި އުތުރު އެމެރިކާގައި އޭވިއޭޝަން އެންޑް ޓްރާންސްޕޮޓޭޝަން އިންޑަސްޓްރީގައި 30 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ.

އޭގެ ތެރެއިން 20 އަހަރަށް ވުރެ ގިނަ ދުވަސް އޭނާ ހޭދަކުރައްވާފައި ވަނީ އެގްޒެކެޓިވް އަދި ބޯޑު ފެންވަރުގެ މަގާމު ތަކުގައި ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ. އެމްއޭސީއެލްގެ ބޯޑާއި ގޯޑަން ގުޅިވަޑައިގަންނަވާނީ ޖުލައި މަހު އިންޓަނޭޝަނަލް ބޯޑަރު ހުޅުވުމުންނެވެ.

އެމްއޭސީއެލްގެ އެމްޑީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާފައިމިވަނީ ކުރީ ސަރުކާރުގައި އެ މަގާމުގައި ހުންނެވި އާދިލް މޫސާ އިސްތިއުފާ ދެއްވިތާ ދޮޅު އަަހަރެއްހާ ދުވަސް ފަހުން ކަން ފާހަގަކޮށްލެވެއެވެ. މި ސަރުކާރު ވެރިކަމާ ހެވާލުވިފަހުން އެމްއޭސީއެލް ބެލެހެއްޓުމާ ހަވާލުވެ، އެކްޓިންގ އެމްޑީގެ މަގާމު އަދާކުރައްވަމުން އައީ މޫސާ ސޯލިހުއެވެ.


ކިޔުންތެރިންގެ ހިޔާލު


11

ދަވާލި19

29-Jun-2020

މިރާއްޖޭގަ ނެތީތަ ތިޔަ މަގާމައް ކުފޫ ހަމަވާދިވެއްސަކު ކީއްކުރާނީ އަމިއްލަ އަތުން ފޭހުނު އިލޮށި މިއަދު މިވަންނަނީ އަމިއްލަ ލޮލައް


5

ނުހާ

29-Jun-2020

މިއޮތިޔާގެ ދުވަސްވަރު ރަގަޅުކަމެއް ހުރިހާތަނަކަ ލާފަ ލާރިގަޑު ހުސްކޮއްލާ އެއީބޭރުމީހުންގް ވައުދެއް



ޓްރެންޑިން