ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ
ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ
ސަފާރީގައި ހިނގައި ދިޔަ ހާދިސާ އާއި ގުޅިގެން ހުށައެޅިފައި ވަނީ ރޭޕްގެ މައްސަލައެއް ނޫން ކަމަށާއި، އެއީ ޖިންސީ ގޯނާގެ މައްސަލައެއް ކަމަށް ފުލުހުން ބުނެފިއެވެ.

މިކަމާއި ގުޅިގެން ނޫސްވެރިންގެ ސުވާލަށް ޖަވާބު ދެއްވަމުން ފުލުހުންގެ ތަރުޖަމާނު ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހު ވިދާޅުވެފައިވަނީ ފުލުހުން ބަލަމުން ދަނީ ރޭޕް ކޭސް އެއް ނޫން ކަމަށާއި، އެއީ ޖިންސީ ގޯނާގެ މައްސަލައެއް ކަމަށެވެ.  ޖިންސީ ގޯނާ މާނަކުރެވެނީ ރޭޕް ކުރުމަށް ނުވާ ގޮތުން އަދި، ޖިންސީ އަނިޔާ އަށް ނުވާ ގޮތުން، ދެމަފިރިން ކަމަށް ނުވާ ދެމީހެެއްގެ ދެމެދުގައި، ޖިންސީ ނިޔަތެއް އޮވެގެން، އަދި ޖިންސީ ނިޔަތެއް އޮވެގެން ނޫން ކަމުގައި ވިޔަސް، މީހެއްގެ ރުހުމާއި ނުލައި، އޭނާގެ ޖިންސީ ގުނަވަނެއްގައި މީހަކު، އެއްވެސް އާލާތެއް ނުވަތަ އެއްޗެއް މެދުވެރިކޮށް، ނުވަތަ އެފަދަ އެއްވެސް އާލާތެއް ނުވަތަ އެއްޗެއް މެދުވެރި ނުކޮށް އަތް ލުމަށެވެ. ނުވަތަ މީހެއްގެ ޖިންސީ ގުނަވަނެއް، އޭނާގެ ރުހުމާއި ނުލައި، ހާމަ ކުރުމަށެވެ. ނުވަތަ މީހެއްގެ ޖިންސީ ގުނަވަނަކަށް އޭނާގެ ރުހުމާއި ނުލައި ހާނިއްކައެއް ކުރުމަށެވެ. ނުވަތަ އެނޫންވެސް އިހާނެތި އަމަލެއް މީހެއްގެ ޖިންސީ ގުނަވަނަކަށް އޭނާގެ ރުހުމާއި ނުލައި ކުރުމަށެވެ.

ސަފާރީގައި ހިނގާ ދިޔަ ހާދިސާ އާއި ގުޅިގެން ހުށައެޅިފައިވަނީ ޖިންސީ އަނިޔާގެ މައްސަކައެއް ކަމަށް ފުލުހުން ބުނެފައި ވީ ނަމަވެސް، މި މައްސަލައިގެ ތުހުމަތުގައި ކުށުގެ ވެށިން 39 އަހަރުގެ ދިވެހި ދެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ. އެކަމަކު މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ހެކި ނެތް ކަމަށް ބުނެ، އެ މީހުން ދޫކޮށްލުމާއި ގުޅިގެން ފުލުހުންނާއި، ކަމާބެހޭ އިދާރާތަކަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

އެމައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނާއި ޖެންޑަރ ކޮމެޓީ އާއި މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީން ވެސް ވަނީ ބަލަން ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން