ރައީސް ޢަބްދުﷲ ޔާމީނަށް ޙުކުމް ކުރުމުގެ ޝަރީޢަތުގެ މަޖިލީސް
ރައީސް ޢަބްދުﷲ ޔާމީނަށް ޙުކުމް ކުރުމުގެ ޝަރީޢަތުގެ މަޖިލީސް
ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިތުރު ދެ ދައުވާއެއްކޮށްފިއެވެ.

ޕީޖީ އޮފީހުން މީގެ އިރުކޮޅެއް ކުރިން ނެރެފައިވާ ބަޔާނެއްގައިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ރިޝްވަތު ހިފުމާއި، މަނީ ލޯންޑަރިންގެ ދެ ދަޢުވާ ކޮށްފައިވާ ކަމަށެވެ. ރައީސް ޔާމީނުގެ މައްޗަށް މި ދެ ދަޢުވާ އުފުލާފައިވަނީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅިގެންނެވެ.

ޕީޖީގެ ބަޔާނުގައިވަނީ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް، ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅިގެން، ކ. މާލެ، މއ. ކާމިނީހުޅަނގުގެ، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޟާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި، 1،117،000 (އެއްމިލިއަން އެއްލައްކަ ސަތާރަހާސް އެމެރިކާ ޑޮލަރު) ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެފައިސާ ލޯންޑަރ ކުރުމަށްޓަކައި، ފަށަލަ ކޮށްފައިވާ މައްސަލާގައި ދަޢުވާކޮށް މިއަދު ކްރިމިނަލް ކޯޓަށް މައްސަލަ ހުށައަޅާފައިވާ ކަމަށެވެ.

އަދި ޕީޖީން ބުނެފައިވަނީ މިމައްސަލައަކީ ދައުލަތުން ވަގަށް ނަގާފައިވާ ފައިސާއާއި މުދާ ހޯދުމަށް ރައީސް ޞާލިޙް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނާއި، ފުލުހުންނާއި، އޭސީސީ ގުޅިގެން ހިންގި ތަހުގީގެއް ކަމަށެވެ. އެތަހުގީގުކުރި އިންވެސްޓިގޭޓަރުންގެ މަސައްކަތް ޕީޖީން ވަނީ ފާހަގަކޮށްފައެވެ.

އޭގެ އިތުރުން ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށުގެ ދަޢުވާ ވަނީ އުފުލާފައެވެ.

މިމައްސަލާގައި ރައީސް ޔާމީނުގެ މައްޗަށް ރިޝްވަތު ޤަބޫލުކުރުމާއި، މަނީ ލޯންޑަރިންގެ ދަޢުވާ އުފުލާފައިވާއިރު، ކްރިކް ރިޟާގެ މައްޗަށް ރިޝްވަތު ދިނުމުގައި މެދުވެރިއަކަށް ވުމުގެ ކުށުގެ ދަޢުވާއާއި، މަނީ ލޯންޑަރިންގެ ކުށުގެ ދަޢުވާ ވަނީ ކޮށްފައެވެ.

އެގޮތުން 1.3 މިލިއަން ޑޮލަރަކީ މިމުޢާމަލާތުގެ ތެރޭގައި ދައުލަތުން ގެއްލިފައިވާ މިންވަރު ކަމަށާއި، އެފައިސާގެ އިތުރުން، އެފައިސާއާ އެއްކޮށްފައިވަނީ 2.2 މިލިއަން ޑޮލަރު ކަމަށާއި، އަދި ކުށުގެ ޖޫރިމަނާގެ ގޮތުގައި 34.6 މިލިއަން ޑޮލަރު ހޯދައިދިނުމަށް ދައުލަތުން އެދިފައިވެއެވެ. ދައުލަތުން ވަނީ މި މައްސަލައާއި ގުޅިގެން ދަޢުވާ އުފުލާ ފަރާތްތަކުގެ ކިބައިން ޖުމްލަ 534 މިލިއަން ރުފިޔާ ހޯދުމަށް އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު


10

ހހހހ

29-Jun-2020

ޕީޖީ އަކީ މަލާއިކަތުންނަށް ހުތުރުބަހުން މުޚާޠަބު ކުރާ އެއްކަލަ ގޮލާ ދޯ?


-5

ކިނބޫ

29-Jun-2020

އަލީ ރަޝީދު ބިލިއަނަރަކަށް ވާނެ މިފަހަރު


-14

މޭފެއަރ

29-Jun-2020

މީ ދޯ ކަރުގެ ނާރު ފުއްޕާފަ އައްބާސް އާދިލް ރިޒާ ޕޯޑިއަމްތަކުގައި ހަޅޭއްޖަހާކަމަކީ.. އަދި މެލޭޝިޔާ އެމްބަސީން ޖޮބް ދީފައި ބެހެއްޓީ.. އާއިލާ މީހުންގެ ކޮރޮޕްޝަންގެ ބާރުގައި ދޯ..؟ ހުސްވަގުން.. އެކަމަކު ޕޯޑިއަމް ފަޅާ ވަރަށް އަތްޖަހާފަ ހަޅޭއްލަވާނެ.. މީ މިމީހުންގެ އަސްލު ފެންވަރަކީ.. މޫލާފައި ތިބޭ ވަގުންގެ އާއިލާ މިގައުމުގެ މަތިފަޑީގަިއ މިތިބީ މުޅިންވެސް..



ޓްރެންޑިން