ރާއްޖެ އިން މިއަދު އިތުރު 19 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެ 36 މީހުން ރަނގަޅުވެއްޖެއެވެ.
އެޗްޕީއޭ އިން ބުނީ ކޯވިޑް-19 އަށް މިއަދު ރާއްޖެ އިން ޕޮޒިޓިވްވެފައިވަނީ 07 ދިވެހިންނާއި ބަންގްލަދޭޝްގެ 10 މީހަކާއި އިންޑިއާ 02 މީހަކު ކަމަށެވެ. މިއަދު ބަލިޖެހުނު 19 މީހުންނާއެކު މިހާރު ބަލިޖެހުނު މީހުންގެ އަދަދު ވަނީ 2324 އަކަށް އަރާފައެވެ.
މިއަދު ބަލިން ރަނގަޅުވި 36 މީހުންނާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 1911 އަށް އަރާފައެވެ. މިވަގުތު ބައްޔަށް ފަރުވާ ކުރަމުންދަނީ 400 މީހުންނެވެ. އައިސޮލޭޝަންގައި 311 މީހުން ތިބިއިރު ކަރަންޓީންގައި ތިބީ 226 މީހުންނެވެ.
މިބަލީ ރާއްޖެ އިން މަރުވެފައިވަނީ 8 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު