ރާއްޖޭގެ ރައްޔިތުންނަށް އާމްދަނީ ހޯދޭނެ އިތުރު ފުރުޞަތުތަކެއް ފަހިކޮށްދިނުމުގެ ގޮތުން ގެސްޓް ހައުސް ވިޔަފާރިއާއެކު ފުޅާވަމުން އަންނަ ސްޕޯޓް ފިޝިންގއަށް ޚާއްސަ ވަދު ކަނދުފަތި ޤާއިމްކުރުމުގެ މަސައްކަތް ދެކުނުގެ އަތޮޅުތަކުގައި ފަށައިފިއެވެ.
މަސްވެރިކަމާބެހޭ ވުޒާރާއިން ބުނީ މި މަސައްކަތަކީ 2021 ވަނަ އަހަރު އަޖުމަބެލުމުގެ ގޮތުން ފަރުމާކޮށް ޤާއިމްކޮށްފައިވާ ކަނދުފަތިތަކުގެ ނަތީޖާއަށް ބަލައި ކަނދުފަތީގެ ޑިޒައިނަށް ބައެއް ބަދަލުތައް ގެނެސްގެން ފެށި މަސައްކަތެއް ކަމަށެވެ. އެގޮތުން ދެކުނުގެ 4 ސަރަޙައްދެއް ސަރވޭކޮށް އެސަރަޙައްދުގައި ވަދު ކަނދުފަތި ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކަނދުފަތި ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ ގއ، ޏ އަދި ސ އަތޮޅުގައެވެ. މިޕްރޮގްރާމުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުގައި ވަދު ކަނދުފަތި ޤާއިމްކުރުމުގެ މަސައްކަތް މިނިސްޓްރީގެ ފަރާތުން މިއަހަރު ކުރުމަށް ހަމަޖެހިފައިވެއެވެ.
އަލަށް ޤާއިމުކުރާ ވަދު ކަނދުފަތިތަކާއެކު ޒުވާނުންނަށް މަސްވެރިކަމުގެ ދާއިރާއިން އާމްދަނީ ހޯދުމުގެ އައު ދޮރެއް ހުޅުވިގެންދާނެކަމަށް ޤަބޫލުކުރާކަމަށް މިނިސްޓްރީއިން ވަނީ ބުނެފިއެވެ. އަދި ކުދި އުޅަނދުފަހަރުގައި މަސްވެރިކަންކުރާ ފަރާތްތަކަށް ރަށާއި ކައިރިން ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކަމާއިއެކު މަސްވެރިކަންކުރުމުގެ ފުރުޞަތު ފަހިވެ އޭގެ ސަބަބުން ކާނާގެ ޔަޤީންކަން އިތުރު ވެގެންދާނެކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ރަށްރަށުގެ ފުށޮޅުގައި އަލަށް ޤާއިމުކުރަންފެށި ވަދު ކަނދުފަތި ފަރުމާކޮށްފައިވަނީ ދުރަށް ފެންނަ ފަދަ ބައްތިއަކާއި، ކަނދުފަތި އޮތް ތަން ދެނެގަތުމަށް އުޅަނދުފަހަރަށް ބޭނުންކުރެވޭ ފަދަ [ރާޑަރ ރިފްލެކްޓަރ] އަކާއި އެކުއެވެ. ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައި ޤާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ.
މިނިސްޓްރީން ބުނީ 1 މާރިޗް 2023 އިން 12 މާރިޗް 2023 އަށް ވަދު ކަނދުފަތި ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ގއ. މާމެންދޫގެ އިރުން 4.5 މޭލު ބޭރުގައާއި ޏ. ފުވައްމުލައް އިރުދެކުނު ގައާއި ސ. ހުޅުމީދޫގެ އިރު ދެކުނުން 6 މޭލު ބޭރުގައާއި ސ. ގަމުގެ ދެކުނުން 5 މޭލު ބޭރުގައި ކަމަށެވެ.
ކަނދުފައްޗަކީ ދަޢުލަތުން ވަރަށް ބޮޑު ހޭދައެއް ކޮށްގެން ޤާއިމްކޮށްފައިވާ ކަނދުފަތިތަކެއް ކަމުގައި ވާތީވެ، އޮއިވާލި ކަނދުފަތީގެ ވިޔުގައިގައި ހިމެނޭ އެއްވެސް ކަނދުފައްޗެއްގެ ވަށައިގެންވާ 3 މޭލު ސަރަޙައްދުގައި އާންމުކޮށް ދިވެހިންކުރާ ކަނޑުމަހުގެ ދޮށީގެ މަސްވެރިކަން ފިޔަވައި އެހެންބާވަތެއްގެ މަސްވެރިކަމެއް ނުކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
ހަމައެއާއެކު ވަދުމަސްވެރިކަމަށް އަމާޒުކޮށް ޤާއިމްކޮށްފައިވާ ކަނދުފަތިތަކުން ދޮށީގެ މަސްވެރިކަން ނުކުރުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު