އައްޑޫސިޓީގައި އަލަށް ހިއްކާ ފަސް ރަށާއި ހަންކެޑެގައި ރިސޯޓް ގާއިމުކުރެވުމުން އައްޑޫގެ ޓޫރިޒަމަށް އާ ދިރުމެއް ލިބޭނެ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމަށް އޮތް އެންމެބޮޑު ގޮންޖެހުމަށް ހައްލެއް ހޯދުމުގެ ގޮތުން އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއަރޕޯރޓް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އިންޑިއާގެ ކޮންސްޓްރަކްޝަން ކުންފުނި، ރެނާޓަސް އާއެކު މިއަދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
މެންބަރު ޝަރީފް މިއަދު ވިދާޅުވީ، އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ކަމަށެވެ. އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީ ކުރަނީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 17 މިލިއަން ޑޮލަރު ޚަރަދު ކޮށްގެންނެވެ.
ޝަރީފް ވިދާޅުވީ އައްޑޫސިޓީގައި އަލަށް ހިއްކާ ފަސް ރަށާއި ހަންކެޑެގައި ރިސޯޓް ގާއިމުކުރެވުމުން އައްޑޫގެ ޓޫރިޒަމަށް އާ ދިރުމެއް ލިބޭނެ ކަމަށެވެ. އަދި އެކަން ވެގެންދާނީ އައްޑޫގައި ގެސްޓްހައުސް އެޅުމަށް ލިބޭ ހިތްވަރަކަށް ކަމަށާއި ރިސޯޓްކައިރީގައި ހުރެގެން ގެސްޓްހައުސްތައް ރަނގަޅަށް ހިންގޭނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ރަނގަޅަށް ހިންގޭނީ އައްޑޫގައި ބެޑް ކެޕޭސިޓީ އިތުރުކޮށްގެން ކަމަށާއި ސަރުކާރުން އައްޑޫއަށް ބިން އިތުރުކުރަނީ އެބޭނުމުގައި ކަމަށެވެ.
"އެއާޕޯޓް ތަރައްގީ ކުރުމާއެކު ބެޑް ކެޕޭސިޓީ އިތުރުކުރަން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުން ފަސް ރަށް ހިއްކުމުގެ ޕްރޮޖެކްޓް ކުރިއަށްގެންދިއުމަކީ ޓޫރިޒަމް ދެމެހެއްޓެނިވި ގޮތަކަށް އައްޑޫގައި ކުރިއަށްއެޅި މުހިންމު ފިޔަވަޅެއް." ޝަރީފް ވިދާޅުވިއެވެ.
އައްޑޫ އެއަރޕޯޓް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އެއަރޕޯޓްގެ ޓަރމިނަލް އެންމެ ޒަމާނީ ވަޞީލަތްތަކާއެކު ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި އެއަރޕޯޓްގެ މަސައްކަތް ނިމިގެންދާއިރު ޑިއުޓީ ފްރީ ފިހާރަތަކާއި، ރެސްޓޯރެންޓްތަކާއި ލައުންޖް ވަޞީލަތްތައްވެސް ތަރައްޤީވެފައި ހުންނާނެކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.
ސަރުކަރުން ބުނީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓަކީ މުޅި ރާއްޖޭގެ ތަރައްޤީގައި އައްޑޫސިޓީގެ ދައުރު ފުޅާކޮށްދިނުމަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫޢެއް ކަމަށެވެ.
ރެނާޓަސް އަކީ ރާއްޖޭގަައި މީގެކުރިންވެސް ކޮންސްޓްރަކްޝަން މަޝްރޫއުތައް ހިންގާފައިވާ ކުންފުންޏެކެވެ. އެގޮތުން އެ ކުންފުނިން ވަނީ ހުޅުމާލޭގައި 'ރެނާޓަސް އިތާ މުތް' ފްލެޓް އިމާރާތް ކޮށްފައެވެ. އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވެސް އެކުންފުނިން ދަނީ ފްލެޓް އިމާރާތެއްގެ މަސައްކަތް ކުރަމުންނެވެ.

Guest House adhi resort bed capacity ithuru kohgen GIA ragalhah hingeynee. Airport tharaggee kurumaa eku bed capacity ithurukurah @ibusolih ge sarukaarun 5 rah kikkumuge project kuriyah gendhiumakee akee tourism dhemehetteni gothakah Addu ga kuriyah elhi muhimmu fiyavalheh
— Ibrahim Shareef (@AdduShareef) March 5, 2023
އައްޑޫ އެއަރޕޯޓް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އެއަރޕޯޓްގެ ޓަރމިނަލް އެންމެ ޒަމާނީ ވަޞީލަތްތަކާއެކު ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި އެއަރޕޯޓްގެ މަސައްކަތް ނިމިގެންދާއިރު ޑިއުޓީ ފްރީ ފިހާރަތަކާއި، ރެސްޓޯރެންޓްތަކާއި ލައުންޖް ވަޞީލަތްތައްވެސް ތަރައްޤީވެފައި ހުންނާނެކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.
ސަރުކަރުން ބުނީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓަކީ މުޅި ރާއްޖޭގެ ތަރައްޤީގައި އައްޑޫސިޓީގެ ދައުރު ފުޅާކޮށްދިނުމަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫޢެއް ކަމަށެވެ.
ރެނާޓަސް އަކީ ރާއްޖޭގަައި މީގެކުރިންވެސް ކޮންސްޓްރަކްޝަން މަޝްރޫއުތައް ހިންގާފައިވާ ކުންފުންޏެކެވެ. އެގޮތުން އެ ކުންފުނިން ވަނީ ހުޅުމާލޭގައި 'ރެނާޓަސް އިތާ މުތް' ފްލެޓް އިމާރާތް ކޮށްފައެވެ. އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވެސް އެކުންފުނިން ދަނީ ފްލެޓް އިމާރާތެއްގެ މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު