ރާއްޖޭން އަބަދުވެސް އޮންނާނީ ފަލަސްތީނާ އެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އދ. އިން އިންތިޒާމުކޮށްގެން ޤަތަރުގެ ވެރިރަށް ދޯހާގައި މިހާރު ކުރިއަށްގެންދާ، އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ކޮންފަރެންސްގެ ހަވާސާގައި ރައީސް ޞާލިޙް މިއަދުވަނީ ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާ ބައްދަލުކުރައްވައިފައެވެ.
އެ ބައްދަލުކުރެއްވުމުގެ ފޮޓޯއެއް މީސް މީޑިއާގައި ޙިއްސާ ކުރަށްވަމުން ރައީސް ޞާލިޙް މިއަދު ވިދާޅުވީ، ފަލަސްތީނުގެ ރައީސް މަޙުމޫދު އައްބާސްއާ ބައްދަލުވެވަޑައިގަތުމަކީ ލިބިވަޑައިގެންނެވި ވަރަށް މަތިވެރި އުފަލަކާއި ޝަރަފެއް ކަމަށެވެ.
"މި ބައްދަލުވުމުގައި ރާއްޖޭން އަބަދުވެސް ފަލަސްތީނާއެކު ދެމިތިބޭނެކަމުގެ ޔަގީންކަން އެރުވިން" ރައީސް ޞާލިޙް ވިދާޅުވި އެވެ.
ރައީސް ޞާލިޙް، ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާހާއި ބައްދަލު ކުރަށްވާފައިވާއިރު، ރާއްޖެއިން 1982 ވަނަ އަހަރު ފަލަސްތީނާއެކު ސިޔާސީ ގުޅުން ގާއިމްކުރި ފަހުން ރާއްޖެއިން ފަލަސްތީނަށް ކަނޑައެޅި ފުރަތަމަ ސަފީރު މުހައްމަދު ހަލީލް އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ވެސް ވަނީ މިދިޔަ ބުދަ ދުވަހު ރައީސް އައްބާހަށް އަރުވާފައެވެ.

It was an honour and pleasure to meet Palestinian President Mahmoud Abbas on the sidelines of LDC5. During our meeting, I reaffirmed Maldives’ longstanding solidarity and support for the #Palestinian cause. pic.twitter.com/UbS5WEkLTx
— Ibrahim Mohamed Solih (@ibusolih) March 5, 2023
ރައީސް ޞާލިޙް، ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާހާއި ބައްދަލު ކުރަށްވާފައިވާއިރު، ރާއްޖެއިން 1982 ވަނަ އަހަރު ފަލަސްތީނާއެކު ސިޔާސީ ގުޅުން ގާއިމްކުރި ފަހުން ރާއްޖެއިން ފަލަސްތީނަށް ކަނޑައެޅި ފުރަތަމަ ސަފީރު މުހައްމަދު ހަލީލް އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ވެސް ވަނީ މިދިޔަ ބުދަ ދުވަހު ރައީސް އައްބާހަށް އަރުވާފައެވެ.
ކިޔުންތެރިންގެ ހިޔާލު