ޔުނިވަރސިޓީތަކުގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާއެކު، މަތީ ތައުލީމުގެ ދާއިރާގެ މުސާރައަށް ދަޢުލަތުން އަހަރަކު 62 މިލިޔަން ރުފިޔާ ހޭދަވާނެ ކަމަށް މާލީ ވަޒީރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވީ، މަތީ ތައުލީމުގެ ދާއިރާގެ މުސާރައަށް ގެނައި ބަދަލަށް ދައުލަތުން އަހަރަކު 62 މިލިޔަން ރުފިޔާ ހޭދަވާނެ ކަމަށެވެ. އެއީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެެންޔޫ) އަށް ހަރަދުވާ 48.6 މިލިޔަން ރުފިޔާއާއި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އަށް ހަރަދުވާ 10.9 މިލިޔަން ރުފިޔާ އަދި ޕޮލިޓެކްނިކަށް ހޭދަވާ 2.8 މިލިޔަން ރުފިޔާ އެވެ.
ޔުނިވަރސިޓީތަކުގެ މުވައްޒަފުންގެ މުސާރައިގެ އާ އޮނިގަނޑުގައި އެސޯސިއޭޓް ލެކްޗަރާއިންނަށް މުސާރަޔާއި އިނާޔަތްތަކާ އެކު ޖުމްލަ އާމްދަނީ 80 އިންސައްތަ ވަނީ އިތުރުވެފައެވެ. ހަމައެއާއެކު އެސިސްޓެންޓް ޕްރޮފެސަރުންނަށް 71 އިންސައްތައިގެ ކުރިއެރުމެއް ވަނީ ލިބިފައެވެ. އާ އޮނިގަނޑުގައި ތިން ވަނައަށް އެންމެ ބޮޑު ކުރިއެރުމެއް ލިބެނީ ޕްރޮފެސަރުންނަށެވެ. އެ މަގާމުގެ މުސާރަ ކުރިއަށް ވުރެ 69 އިންސައްތަ އިތުރުވި އެވެ.
އަމީރު މިއަދު ވިދާޅުވީ ޔުނިވާސިިޓީތަކުގެ މުވައްޒަފުންގެ މުސާރައަށް ބަދަލު ގެންނައިރު އިދާރީ މުވައްޒަފުންނަށް ވެސް 35 އިންސައްތައިގެ އެލަވެންސެއް ދޭނެ ކަމަށެވެ. މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެެންޔޫ) އާއި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އަދި ޕޮލިޓެކްނިކްގެ އެކެޑެމިކް މުވައްޒަފުންނާއި ވެރިންގެ މުސާރައަށް މި މަހުން ފެށިގެން ގެނައި ބަދަލާ އެކު، ޖުމްލަ 767 މުވައްޒަފުންގެ މުސާރައަށް ބަދަލު އަންނާނެ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.
މި މަހުން ފެށިގެން ޔުނިވަރސިޓީތަކުގެ ލެކްޗަރާއިންގެ މުސާރަ ބޮޑުކުރަން ނިންމާފައިވާ އިރު، ގާތްގަނޑަކަށް 59 އިންސައްތައިގެ ކުރިއެރުމެއް ލެކްޗަރާއިންނާއި ޔުނިވަސިޓީ މުވައްޒަފުންގެ މުސާރަތަކަށް އަންނާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު