ކ. ހިންމަފުށީ ކަރަންޓު ކެޕޭސިޓީ 1450 ކިލޯވޮޓުން 2050 ކިލޯވޮޓަށް އިތުރުކޮށްފައި ވާކަމަށް އެ ރަށުގައި ކަރަންޓުގެ ހިދުމަތްދޭ ސްޓެލްކޯއިން ހާމަކޮށްފިއެވެ.
ސްޓެލްކޯއިން ބުނީ ހިންމަފުށީގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ފުރިހަމަކުރުމަށްޓަކައި 800 ކިލޯވޮޓުގެ އައު ޖަނަރޭޓަރު ސެޓެއް ކަމިޝަންކޮށް މިހާރު ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.
މިއާއެކު ހިންމަފުށީގެ ކަރަންޓު ކެޕޭސިޓީ 1450 ކިލޯވޮޓުން 2050 ކިލޯވޮޓަށް އިތުރުކުރެވިފައިވާކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.
ކަރަންޓުގެ ޚިދުމަތަށް މިގެނައި ކުރިއެރުމާއެކު ހިންމަފުއްޓަށް މީގެކުރިން ދިމާވެފައިވާ، ކަރަންޓު ދަށްވުމުގެ މައްސަލަ އެއްކޮށް ހައްލުވެ، އެކަމުގެ ފަސޭހަކަން އެރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ސްޓެލްކޯއިން ކަރަންޓްގެ ހިދުމަތް ފުޅާ ކުރަމުންދާއިރު، އެ ކުންފުނިން ދެމުންދާ ހިދުމަތްތައް އެންމެ ރަނގަޅު ފެންވަރެއްގައި ދިނުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންކަން ފާހަގަ ކުރެވެއެވެ.

ކ.ހިންމަފުށީގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކޮށް، އެ ރަށުގައި ދެމުންގެންދާ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، މިހާރު ވަނީ 800kW ގެ އައު ޖަނަރޭޓަރުސެޓެއް އެރަށަށް ފޮނުވާ، ކޮމިޝަންކޮށް ބޭނުން ކުރަން ފަށާފައި. pic.twitter.com/6eUza3ZVYm
— STELCO (@STELCOMALDIVES) March 6, 2023
ކަރަންޓުގެ ޚިދުމަތަށް މިގެނައި ކުރިއެރުމާއެކު ހިންމަފުއްޓަށް މީގެކުރިން ދިމާވެފައިވާ، ކަރަންޓު ދަށްވުމުގެ މައްސަލަ އެއްކޮށް ހައްލުވެ، އެކަމުގެ ފަސޭހަކަން އެރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ސްޓެލްކޯއިން ކަރަންޓްގެ ހިދުމަތް ފުޅާ ކުރަމުންދާއިރު، އެ ކުންފުނިން ދެމުންދާ ހިދުމަތްތައް އެންމެ ރަނގަޅު ފެންވަރެއްގައި ދިނުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންކަން ފާހަގަ ކުރެވެއެވެ.
ކިޔުންތެރިންގެ ހިޔާލު