ސްޓެލްކޯގެ ހަތަރު މުވައްޒަފަކަށް ހައްޖާއި އުމްރާ ދަތުރު ދީފި އެވެ.
ސްޓެލްކޯއިން ބުނީ އެކުންފުންޏަށް ގިނަ ދުވަހު ޚިދުމަތްކުރި މުވައްޒަފުންގެ ތެރެއިން މި އަހަރުގެ ހައްޖާއި އުމްރާގެ އަޅުކަމުގެ ފުރުސަތު ލިބޭ މުވައްޒަފުން ގުރުއަތުން ހޮވާފައިވަނީ ރޭ ކުޑަގިރީގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ. ރޭގެ ރަސްމިއްޔާތަކީ މިއަހަރުގެ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށާއި، ރަމަޟާން މަހަށް މަރުހަބާ ކިއުމުގެ އިތުރުން، ކުންފުނިންދޭ ހައްޖު އަދި އުމްރާގެ ފުރުސަތަށް ގުރުއަތު ނެގުމަށް ބޭއްވި ރަސްމިއްޔާތެއް ކަމަށް ސްޓެލްކޯއިން މަޢުލޫމާތުދެއެވެ.
ސްޓެލްކޯ އިން ބުނީ މިއަހަރު ޙައްޖާއި ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ހުޅުވާލި ފުރުޞަތަށް އިޖާބަދީ ޙައްޖުގެ އަޅުކަން އަދާކުރުމަށް އެދި ހުށަހެޅި މުވައްޒަފުންގެ ތެރެއިން ޝަރުތު ފުރިހަމަވެފައި ވަނީ ފިރިހެން 96 މުވައްޒަފުންނާއި އަންހެން 22 މުވައްޒަފުން ކަމަށެވެ. އަދި ޢުމުރާގެ އަޅުކަން އަދާކުރުމަށް އެދި ހުށަހެޅި މުވައްޒަފުންގެ ތެރެއިން ޝަރުތު ފުރިހަމަވެފައި ވަނީ ފިރިހެން 262 މުވައްޒަފުންނާއި އަންހެން 56 މުވައްޒަފުން ކަމަށް ސްޓެލްކޯ އިން ހާމަކޮށްފައިވެއެވެ.
ކުޑަގިރީގައި ކުރިއަށް ދިޔަ ގުރުނެގުމުގެ ޙަފްލާގައި ހައްޖުގެ އަޅުކަން އަދާކުރުމަށް ފިރިހެން މުވައްޒަފުންގެ ތެރެއިން ހޮވިފައި ވަނީ ޓްރާންސްމިޝަން، އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓްގެ ޢަބްދުﷲ ޝަރީފެވެ. އަދި އަންހެން މުވައްޒަފަކަށް ހޮވިފައިވަނީ، ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓްގެ ޙަދީޖާ ތައުފީޤާ އެވެ. އުމްރާގެ އަޅުކަން އަދާކުރުމަށް ހޮވުނު ފިރިހެން މުވައްޒަފަކީ، ސްޓެލްކޯ ސާރވިސް ސެންޓަރުގެ ޝާހުލް ހަމީދެވެ. އަދި އަންހެން މުވައްޒަފަކަށް ހޮވިފައިވަނީ، ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ފާތިމަތު ރިޒްނާ އެވެ.
ސްޓެލްކޯއިން ބުނީ އެކުންފުނިން ހައްޖުގެ އަޅުކަމުގެ ފުރުސަތު ދެނީ ކުންފުންޏަށް 15 އަހަރު ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށް ކަމަށެވެ. އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ދެނީ ކުންފުންޏަށް 5 އަހަރު ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު