ރާއްޖެ އެތެރެކުރަން އުޅުނު ނުވަލައްކަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނީ ޕޯސްޓް މެދުވެރިކޮށް އިނގިރޭސި ވިލާތުން ރާއްޖެއަށް އެތެރެކުރަން އުޅުނީ 250 ގްރާމްގެ މަސްތުވާތަކެތި ކަމަށެވެ.
ކަސްޓަމްސުން ބުނީ މިތަކެތި އަތުލައިގަތީ މިމަހުގެ 7 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖްތައް ބަލައި ފާސް ކުރުމުގެ ތެރޭގައިި ކަމަށެވެ. ކަސްޓްމަސް އިން ބުނީ ފުރަތަމަ މަރުހަލާގައި އެތަކެތި ޓެސްޓް ކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯންއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިނާއިއެކު ޖުމްލަ 520 ގުރާމު ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު ނުވަލައްކަ ރުފިޔާއަށް އަރާކަމަށް ވެސް ކަސްޓަމްސް އިން މަޢުލޫމާތުދެއެވެ.
ކަސްޓަމްސުން ބުނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރުމަށް މިޕެކޭޖް ވަނީ ފުލުހުންނާއި ހަވާލުކޮށްފައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު