127 ބްލެޓު މަސްތުވާތަކެތި ދިރުވާލައިގެން ރާއްޖެއަށް އެތެރެކުރި މީހާގެ ބަންދަށް ތިން ދުވަސް ޖަހައިފިއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ލެޓްވިއާ މީހާ ހައްޔަރު ކޮށްފައިވަނީ ފުލުހުންގެ އިންޓަލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، އިމިގްރޭޝަނާއި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ.
އޭނާ ހައްޔަރު ކުރުމަށްފަހު އޭނާގެ އެތެރެހަށީގައި ހުރި މަސްތުވާތަކެތި ނަގަން ކުރި މަސައްކަތުން 127 ބްލެޓްގެ ނުވަތަ 1018 ގްރާމްގެ ކޮކެއިން އަތުލައިގަނެފައެވެ.
އުމުރުން 50 އަހަރުގެ އެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ ދިނީ 15 ދުވަހެވެ. އޭގެ ފަހުން ދެ ވަނަ ފަހަރަށް ބަންދުގެ މުއްދަތު ޖަހަން ގެންދިއުމުން ދީފައި ވަނީ ތިން ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު