ގިނަ ޢަދަދެއްގެ ފަތުރުވެރިންނާއެކު އައްޑޫއަށް މިއަހަރުގެ 3 ވަނަ ކްރޫޒް ލައިނަރ ޒިޔާރަތްކޮށްފިއެވެ.

އިއްޔެ އައްޑޫއަށް އައިސްފައިވަނީ "އެމްއެސް ސިލްވަ ޝެޑޯ" ނަމަކަށް ކިޔާ ކްރޫޒްލައިނާއެކެވެ. މި ކްރޫޒް ލައިނާއިން އައި ގިނަ އަދަދެއްގެ ފަތުރުވެރިން ފޭދޫ އަށާއި ގުޅިފައިވާ އަވަށްތަކަށް ވަނީ ޒިޔާރަތްކޮށްފައެވެ.

އިއްޔެ އައްޑޫއަށް އައި ފަތުރުވެރިންނަށް ފޭދޫ ބަނދަރު ސަރަހައްދުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

މީގެ ކުރިން މިއަހަރުގެ ކުރީކޮޅު އައްޑުއަށް ވަނީ "އެމްއެސް އާރްޓާނިއާ" އަދި "ކޮރަލް އެކްސްޕެޑިޝަން" ނަމަކަށް ކިޔާ ދެ ކްރޫޒްލައިނާ ޒިޔާރަތްކޮށްފައެވެ. މި ކުރޫޒް ލައިނާރތަކުގެ ތެރެއިން ކޮރަލް އެކްސްޕެޑިޝަންއިން 50 ފަތުރުވެރިން އަދި އާރޓިއާނާއިން 1200 ފަތުރުވެރިން އައްޑޫއަށް ޒިޔާރަތް ކުރިއެވެ.

ކޯވިޑާއި ގުޅިގެން ކުރޫޒްލައިނާތައް ރާއްޖެ އައުން މެދުކެނޑިފައި އޮތުމަށްފަހު، މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ގިނަ ކްރޫޒްލައިނާތަކަކުން ވަނީ ރާއްޖެއަށް ދަތުރު ފަށާފައެވެ.

ކަމާއިބެހޭ ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި މިއަހަރު ކުރިއަށް އޮތްތަނުގައި ގިނަ އަދަދެއްގެ ކުރޫޒް ލައިނާރ ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން