ރައީސްް އިބްރާހިމް މުޙައްމަދު ޞާލިހު ކޯވިޑް-19 ގެ ހަރަކާތްތަކުގައި ބައިވެވެރިވެ ވަޑައިގެންނެވި ފަރާތްތަކާ ބައްދަލު ކުރައްވަނީ
ރައީސްް އިބްރާހިމް މުޙައްމަދު ޞާލިހު ކޯވިޑް-19 ގެ ހަރަކާތްތަކުގައި ބައިވެވެރިވެ ވަޑައިގެންނެވި ފަރާތްތަކާ ބައްދަލު ކުރައްވަނީ
ރައްކާތެރި ކަމުގެ އައު އާންމު އުސޫލުތަކާއެކު މާދަމާ، އެކެއް ޖުލައިން ފެށިގެން ސަރުކާރުގެ އޮފީސް ތަކާއި ވިޔަފާރިތައް އަލުން ފެށުމަށް ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯވިޑް-19އާއި ގުޅިގެން އުފެއްދެވި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ މަސައްކަތްތައް މާދަމާ ނިމުމަކަށް އަންނާނެ ކަމަށެވެ. މާދަމާއިން ފެށިގެން ފެށޭ އާ މަރުހަލާގައި، ސަރުކާރުގެ އޮފީސްތަކާއި ކެފޭ/ރެސްޓޯރެންޓުތައްވެސް ހުޅުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެއިތުރުން ކޯވިޑް-19 ފެތުރޭތީ މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދުކުރުން މަނާކޮށްފައި އޮތް އޮތުމަށް ނިމުމެއް ގެނަސް މާދަމައިން ފެށިގެން އައު އާންމު އުސޫލުތަކާއެކު މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރަން ހުއްދަ ދެވޭނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވެއެވެ.

އޭޕްރީލް 15 ވަނަ ދުވަހު ކޯވިޑް-19 އަށް ޕޮޒިޓިވް މީހަކު މާލެ އިން ފެނުމާ އެކު، މާލެ ސަރަހައްދު ލޮކްޑައުންކޮށް މުޅި ރާއްޖޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އަޅާފައެވެ. ނަމަވެސް ބަލި ޖެހޭ މީހުންގެ އަދަދު ކޮންޓްރޯލް ކުރެވި ބަލިވާ މީހުންނަށް ފަރުވާ ދިނުމުގެ ވަސީލަތްތަކާއި އިންތިޒާމްތައް ހަމަޖެހިފައި ވާތީ މިދިޔަ މަހުގެ 28 އިން ފެށިގެން ލޮކްޑައުން އަށް ލުއި ދޭން ފަށައި މި މަހުގެ 15 އިން ފެށިގެން ވަނީ ވަރަށް ބޮޑެތި ލުއިތައް ދީ ވިޔަފާރިތަކަށް ވެސް ހުއްދަ ދީފަ އެވެ. މާދަމާ ފަށާ މަރުހަލާ އަކީ، ބަލީގެ ހާލަތު އިތުރަށް ގޯސް ނުވާ ނަމަ ހުއްދަ ދޭން ސަރުކާރުން ކުރިން ވެސް ނިންމާފައިވާ ކަންކަމެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ވެސް ވަނީ ކޯވިޑް-19 އާއި ގުޅިގެން ފްރަންޓްލައިންގައި މަސައްކަތް ކުރައްވަމުން ގެންދަވާ ހުރިހާ ފަރާތްތަކަށާއި އަދި މަސައްކަތުގައި ޝާމިލުވި ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ހެލްތް މިނިސްޓަރު އަބުދު ﷲ އަމީން ރޭ ނެރުއްވި ގަރާރަކުން މިހާރު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ޖުލައި 14 ވަނަ ދުވަހުގެ ނިޔަލަށް މިހާރު ވަނީ އިތުރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން