ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިންގ
ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިންގ
ހުޅުމާޅެ ފަޅު ތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރި ފުލުހުންގެ މައްސަލަ ބަލަމުންދާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ސީޕީ ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަފާރީ މައްސަލާގައި ހިމެނޭ ފުލުހުންގެ އިހުމާލެއްވޭތޯ، ޕޮލިސް ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުންނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި އެޗްއާރްސީއެމުން ބަލަމުންދާ ކަމަށެވެ. ސީޕީ ވިދާޅުވީ މިހާރު ހުންނެވީ އެ ތަހުގީގުގެ ނަތީޖާގެ އިންތިޒާރީގައި ކަމަށެވެ.

ކޮންމެ ފުލުސް އޮފިސަރަކަށް ވެސް މިނިވަންކަމާއެކު މަސައްކަތް ކުރެވެން ޖެހޭނެ ކަމަށް ސީޕީ ހަމީދު ވިދާޅުވި އެވެ. އަދި ފުލުހުން އަމަލު ކުރަންވީ ގޮތް ގާނޫނުތަކާއި ގަވައިދުތަކުގައި ލިޔެވިފައިވާ ކަން ވެސް ސީޕީ ފާހަގަކުރެެއްވިއެވެ.

އަންހެންމީހާ ޖިންސީ ގޯނާގެ މައްސަލަ ރިޕޯޓް ކޮށްފައިވަނީ ހުޅުމާލެ ޖެޓީއިން ކަމަށާއި، އޭރު އެމީހާއަށް ޖިންސީ ގޯނާކުރި މީހުން ވެސް ޑިންގީއެއްގައި ތިބި ކަމަށް ފުލުހުން ބުނެއެވެ. އެ ސަރަަހައްދުން އެ ތިން މީހުން ފުލުހުން ހައްޔަރުކުރުމަށްފަހު ވަނީ ދޫކޮށްލާފައެވެ. އެމީހުން ދޫކޮށްލީ ތުހުމަތު ކުރެވޭ ދެ މީހުން ހައްޔަރު ކުރާނެ ތަނެއް ނެތް ކަމަށް ބުނެއެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މައްސަލާގައި ތުހުމަތު ކުރެވޭ މީހުންނަކީ ސަރުކާރުގެ ނުފޫޒު އޮތް ބަޔަކަށްވާތީ، އެމީހުން ދޫކޮށްލަން ފުލުހުންނަށް ޖެހުނީ މަތިން އައި އޯޑަރުތަކާ ގުޅިގެން ކަމަށް ވެސް އަޑު ފެތުރިފައިވެއެވެ. އެހެން ނަމަވެސް އެކަން ފުލުހުން ވަނީ ދޮގުކޮށްފައެވެ. މި މައްސަލައިގައި އެއްވެސް ނުފޫޒެއް ނެތް ކަމަށް ފުލުހުން ބުނެފައިވެއެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން