އައްޑޫ އަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް މަސްތުވާތަކެތި
އައްޑޫ އަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް މަސްތުވާތަކެތި
ކަނޑުމަގުން އައްޑޫ ސިޓީއަށް އެތެރެކުރަން އުޅުނު 5.5 ކިލޯގެ މަސްތުވާތަކެއްޗާއެކު ހަ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އައްޑޫ ސިޓީގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް އަދި އައްޑޫ ސިޓީގައި މަސައްކަތްކުރާ ސިފައިންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ތިން ފިރިހެނުންނާއި 30 އަހަރުގެ ފިރިހެނަކާއި 18 އަހަރުގެ އަންހެނެެއް ކަމަށް ފުލުހުން ބުނެއެވެ.

މިމީހުން ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫން އައްޑޫ ސިޓީއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނުގައި ޖޫން 29 ވަނަ ދުވަހުގެ 17:20 އެހާކަންހާއިރު އައްޑޫ ސިޓީ ހިތަދޫ ކަނޑިހެރާ އުތުރުފަރާތު ބޭރު ކަނޑުމަތިން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ކަނޑުމަތިން އެމީހުން ދަތުރުކުރި ލޯންޗު ހުއްޓުވައި ބަލައިފާސްކުރިއިރު އެލޯންޗު ތެރެއިން މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިން ހުރި ބޮޑު ފަސް ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ. މިތަކެތީގެ ވަގުތީ ބަރުދަނަކީ 5.5 ކިލޯ އެވެ. މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން