ރޭޕާއި ދެކޮޅަށް ހަދާފައިވާ ޕޯސްޓަރެއް
ރޭޕާއި ދެކޮޅަށް ހަދާފައިވާ ޕޯސްޓަރެއް
އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ބަލިވެއިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ އިދާރާ އިން މިއަދު ބުނީ، ސެންޓްރަލް ޕޮލިސް ޑިވިޝަން ގައި ހިމެނޭ ރަށެއްގައި ހުންނަ ސިއްހީ ފަރުވާދޭ މަރުކަަޒަކުން 17 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލައެއް އަންގާރަ ދުވަހު ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ.

ރަސް އޮންލައިން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މެދު ރާއްޖެ ތެރޭގެ ރަށެއްގައި ހިނގި މިރޭޕްގެ ހާދިސާގައި 17 އަހަރުގެ އަންހެންކުއްޖާ އާއެކު ޖިންސީ ގުޅުން ހިންގައި އެކުއްޖާ ރޭޕްކޮށްފައިވަނީ އޭނާގެ ދައްތަގެ ފިރިމީހާ އެވެ.

ފުލުހުން އެ މައްސަލަ ބަލަނީ އެ ކުއްޖާ ރޭޕްކޮށްލި މައްސަލައެއްގެ ގޮތުގައެވެ. ފުލުހުން ބުނީ، އެ އިދާރާގެ ކްރައިމް އެގެއިންސްޓް ޗިލްޑްރެން ޑިޕާޓްމެންޓްގެ ތަހުގީގު ޓީމަކުން ޖެންޑަރ މިނިސްޓްރީއާ ގުޅިގެން މައްސަލަ ބަލަމުންދާ ކަމަށެވެ. ނަމަވެސް މިކަމާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން