ރައީސުލްޖުުމްހޫރިއްޔާގެ އޮފީސް (ރަސް ފޮޓޯ) ޖުލައި 1 އަދި 2 ގައި ސަރުކާރު އޮފީސްތައް ހުޅުވާނީ ކޯވިޑްގެ ހާލަތުގައި އޮތް ގޮތަށް ވަކިގަޑިތަކެއްގައި
ރައީސުލްޖުުމްހޫރިއްޔާގެ އޮފީސް (ރަސް ފޮޓޯ) ޖުލައި 1 އަދި 2 ގައި ސަރުކާރު އޮފީސްތައް ހުޅުވާނީ ކޯވިޑްގެ ހާލަތުގައި އޮތް ގޮތަށް ވަކިގަޑިތަކެއްގައި
މާދަމާއިން ފެށިގެން ސަރުކާރު އޮފީސްތައް ހުޅުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައި ވީނަމަވެސް މާދަމާއާއި އޭގެ އަނެއް ދުވަހު ސަރުކާރުގެ އޮފީސްތައް ހުޅުވާނީ ކުރިންވެސް އޮތް ގޮތަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ދިނުމަށް ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް ސޯލިހް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާދަމާއިން ފެށިގެން ސަރުކާރު އޮފީސްތައް ހުޅުވައި، ކެފޭ ރެސްޓޯރަންޓްތަކާއި ފިހާރަތައް ހިމެނޭގޮތުން ވިޔަފާރިތައް އަލުން ފެށުމުގެ ހުއްދަ ދޭނެ ކަމަށެވެ. އެހެން ނަމަވެސް ރައީސް އޮފީހުން އޭގެފަހުން ނެރުނު ދެންނެވުމެއްގައި ބުނެފައި ވަނީ ސަރުކާރުން ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށް ސަރުކާރުގެ އިދާރާތައް ހުޅުވާ މުއްދަތު ޖުލައި އެއް ވަނަ ދުވަހުން ފެށިގެން ދެވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރައްވަން ރައީސް ނިންމަވާފައިވާ ކަމަށެވެ.

އަދި އެ މުއްދަތުގައި އޮފީސްތައް ހުޅުވާނީ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ. ރައީސް އޮފީހުން ބުނީ މި މުއްދަތުގެ ތެރޭގައި އިދާރާތަކަށް ރައްޔިތުން ހާޒިރުވެގެން ހިދުމަތް ހޯދުމުގެ ފުރުސަތު، އާންމުކޮށް ހުޅުވާނުލި ނަމަވެސް، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެ އިދާރާއެއްގެ އެންމެ އިސްވެރިޔާ ކަނޑައަޅުއްވާ ގޮތެއްގެ މަތިން، ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް އެ އިދާރާއަކުން ދިނުމަށް ރައީސް އަންގަވާފައިވާ ކަމަށެވެ.

ސަރުކާރުގެ އޮފީހެއް ހުޅުވައިގެން ހިދުމަތްތައް ދޭނީ އެ އޮފީހަކުން ދޭ ހިދުމަތްތަކުގެ ތަފްސީލު ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް ހުށަހަޅައި، އެ އެޖެންސީން ކަނޑައަޅާ ގޮތެއްގެ މަތިން އަދި އެ އެޖެންސީން ކަނޑައަޅާ މިންގަނޑުތަކާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންކަމަށް ވެސް ރައީސް ސޯލިހް ވަނީ އަންގަވައިފައެވެ. ސަރުކާރުގެ އޮފީހެއް ހުޅުވިނަމަވެސް، މިހާރެކޭވެސް އެއްފަދައިން، ގޭގައި މުވައްޒަފުން ތިބެގެން ދެވެން ހުރި ހިދުމަތްތައް ގޭގައި ތިބެގެން ދިނުމަށާއި، އޮންލައިންކޮށް ދެވެން ހުރި ހިދުމަތްތައް އޮންލައިންކޮށް ދެމުން ގެންދިއުމަށްވެސް ރައީސް ވަނީ އޮފީސްތަކަށް އަންގަވައިފައެވެ.


ކިޔުންތެރިންގެ ހިޔާލު


4

ފާތުން

01-Jul-2020

ރައީސުމީހާއާއި ރައީސު އޮފީހުން އަންގާ އެންގުންތަކުން ޤާނޫނީ ބާރު ގަދައީ ކޮން އަމުރެއްބާ?



ޓްރެންޑިން