މާލޭގައި ހުންނަ ފެމިލީ ކޯޓު؛ ދީނީ ޢިލްމްވެރިން ވިދާޅުވަނީ ފަށްކެނޑުމުގެ އަގުދަކީ ބާތިލު އަގުދެއް ކަމަށް
މާލޭގައި ހުންނަ ފެމިލީ ކޯޓު؛ ދީނީ ޢިލްމްވެރިން ވިދާޅުވަނީ ފަށްކެނޑުމުގެ އަގުދަކީ ބާތިލު އަގުދެއް ކަމަށް
ފަށްކެނޑުމުގެ ގަސްތުގައި ކުރާ ކައިވެނީގެ ކޮންޓްރެކްޓް ނުވަތަ އަގުދަކީ ކަނޑައެޅިގެން ބާތިލު އަގުދެއް ކަމަށް ދީނީ އިލްމްވެރިން ވިދާޅުވެއްޖެއެވެ.

ޝައިހް އާދަމް ނިޝާން ވިދާޅުވީ ފަށް ކެނޑުމުގެ ގަސްތުގައި ކުރާ ކައިވެނީގެ ކޮންޓްރެކްޓް (އަގުދަކީ) ކަނޑައެޅިގެން ބާތިލު އަގުދެއް ކަމަށާ އަދި އެފަދަ ކައިވެންޏެއް ސައްހަ ވެސް ނުވާނެ ކަމަށެވެ.

"ފަށްކެނޑުމުގެ ޤަޞްދުގައި ކުރާ ކައިވެނީގެ ކޮންޓްރެކްޓަކީ (ޢަޤުދަކީ) ކަނޑައެޅިގެން ބާޠިލު ޢަޤުދެކެވެ. އެކައިވެނިވެސް ޞައްޙަ ނުވާނެއެވެ. އަދި އެގޮތަށް ފަށްކެނޑުމަށް އެއިން މީހާ ގާތުން ވަރިވެގެން ކުރީގެ ފިރިމީހާއާއި ކައިވެނި ކުރިނަމަވެސް، ކުރީގެ ފިރިމީހާއާއި އަލުން އެކުރާ ކައިވެނިވެސް ޞައްޙަ ނުވާނެއެވެ." ޝައިޚްގެ ފެސްބުކް ޕޯސްޓެއްގައި ލިޔުއްވާފައިވެއެވެ.

ފަށްކެނޑުމަށް އިންނަ މީހާއާއި އެމީހަކަށްޓަކައި އެ ފަށްކަނޑައިދެވޭ މީހާއާއި ދެމީހުންނަށްވެސް ﷲ ތަޢާލާ ލަޢުނަތް ލައްވަވާނޭކަމަށް ކީރިތި ނަބިއްޔާ ﷺ ވަނީ ބަޔާން ކޮށްދެއްވާފައި ކަން ޝައިޚް ވަނީ ފާހަގަަކުރައްވާފައެވެ. އަދި ފަށްކަނޑަށް އިން މީހަކު، ވަރި ނުުކުރުމަކީ ކޮންޓްރެކްޓާ ހިލާފު ކަމެއް ކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވެފައި ވާތީ އެކަމާ ވެސް ދީނީ އިލްމްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެއީ ދީނުގައި އެކަން އޮތްގޮތް އުޅޭ ގޮތަށް އެމަނިކުފާނު ދެއްކެވި ވާހަކަފުޅެއް ކަމަށާ މަޖިލީހުގެ ރިޔާސަތު ފަދަ ޝަރަފުވެރި މަގާމެެއްގައި އިންނަވާ އެފަދަ ވާހަކައެއް ރައީސް ނަޝީދު ދެއްކެވުމުން އެކަން ކުށްވެރިކުރާ ކަމަށްވެސް ބައެއް ދީނީ އިލްމްވެރިން ވިދާޅުވެފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ފަށްކެނޑުމާ ބެހޭގޮތުން މިއަދު ދެއްކެވި ވާހަކައަކީ ދީނީ ގޮތުން އެކަން އޮތް ގޮތް ހާމަކޮށްދިނުމަށް ވިދާޅުވި ވާހަކައެއް ނޫންކަން ފާހަގަކޮށްލެވެއެވެ. އެމަނިކުފާނު މިސާލު ނެންގެވީ ރަށެއްގައި އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަމަށް ދެކެވޭ ވާހަކައާއި އެމީހުން ކޮންޓްރެކްޓާއި ޚިލާފު ވެފައިވާ ކަމުގެ ވާހަކައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން