މާލޭގެ މަގުތަކުގައި މަސްތުވެގެން ތިބެ ސަލާންޖަހާ މީހުންނަށް ފަރުވާދެމުން ގެންދާ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ، އެންޑީއޭއިން ހާމަކޮށްފިއެވެ.
މާލޭގެ މަގުތަކުގައި މަސްތުވެގެންތިބެ ސަލާންޖަހާ ގިނަ ޢަދަދެއްގެ އަންހެނުންނާއި ފިރިހެނުން ތިބި ކަމަށާއި އެމީހުން ރިހިބިލިޓޭޓް ކުރުމަށް މުއައްސަސާތައް ގުޅިގެން ފަރުވާދޭ މަރުކަޒުތަކަށް ގެންގޮސް ޕްރޮގްރާމްތަކުގައި ބައިވެރިކޮށްފައިވާ ކަމަށް އެމްޑީއޭއިން ވަނީ ބުނެފައެވެ.
މާލޭގެ މަގުމަތިން އެންޑީއޭގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންނަށް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިތިބޭ މީހުން ރަނގަޅުކުރުމަށް ދުނިޔޭގެ ފެންވަރުގައި ބޭނުންކުރާ ބޭސްތައް ދެމުންދާކަމަށް އެންޑީއޭއިން ބުނެފައިވެއެވެ. ނަމަވެސް އެމީހުން ރަނގަޅުކޮށް މުޖުތަމަޢުއަށް ނެރުމަށް އިތުރު އަޅާލުމާ އޯގާތެރިކަން ބޭނުންވާކަމަށް އެންޑީއޭއިން މަޢުލޫމާތުދެއެވެ.
އެންޑީއޭއިން ބުނީ މާލޭގެ މަގުމަތީގައި މަސްތުގެ ހާލަތުގައި ތިބެ ސަލާންޖަހާ މީހުންނަށް ފަރުވާ ދެމުން ދާއިރު އެމީހުންގެ ކިބައިން ކަންބޮޑުވާ އިތުރުކަމެއްވެސް ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން އެފަދަ މީހުންގެ ކިބައިން ސިއްޙީ ބޮޑެތި ބަލިތައް ފެނިފައިވާ ކަމަށާއި އެހެންކަމުން އެކަމަށްވެސް ފަރުވާދެމުން ގެންދާކަމަށް އެންޑީއޭ އިން ވަނީ ބުނެފައެވެ.
މަސްތުގެ ހާލަތުގައި މާލޭގެ މަގުތަކުގައި ނިދައި ފިހާރަތަކާއި އޭޓީއެމްތައް ކުރިމަތީގައި ސަލާން ޖެހުމަށް ތިބޭ މައްސަލައަކީ އާއްމުންގެ ކަންބޮޑުވުން ބޮޑު މައްސަލައެކެވެ.
ފުލުހުންގެ ތަފާސްހިސާބުން ދައްކާގޮތުން ފާއިތުވީ ހަތަރު އަހަރަކީ ފުލުހުންގެ ތާރީޚުގައިވެސް އެންމެ ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތް 4 އަހަރެވެ. ހަމައެއާއެކު 2022 ވަނަ އަހަރަކީ ކަސްޓަމްސްގެ ތާރީހުގައިވެސް އެންމެ ގިނަ އަދަދަކަށް މަސްތުވާތަކެތި އަތުލައިގެންފައިވާ އަހަރުކަމަށް އެ މުއައްސަސާއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު